ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާ ލައިފި
މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިއުލާން ކޮށްފައި އޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައިފި އެވެ.
Advertisement

ހެލްތު މިނިސްޓްރީ އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ރާއްޖޭގައި ފެތުރުން އިތުރުވެފައި ވާތީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންދާ ބާރުގެ ދަށުން އިއުލާން ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް ހަތް ވަނަ ދުވަހުން ސެޕްޓެމްބަރު ހަ ވަނަ ދުވަހަށް ދިގުދަންމާލާފައި ވާކަމަށެވެ. 

އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލާފައި މިވަނީ ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި އަދި ވެސް މި ބަލި ފެތުރުމުގެ ނުރައްކާ އޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ގަބޫލު ކުރައްވާތީ އާއި ބަލީގެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅު އަޅަންޖެހޭ ކަމަށް ގަބޫލު ކޮށް އެގޮތަށް ލަފާ ދެއްވާފައި ވާތީ ކަމަށެވެ. 

ހާލަތާއި ރިޔާއަތް ކޮށް އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމު ސިއްހަތުގެ ރައްކާތެރިވުމުގެ ގާނޫނު ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަށް ވަނީ އަންގާފައި އެވެ. 

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާ ލައިފައި ވާއިރު، ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4،769 އަށް އަރާފައި އެވެ. ކޮވިޑް ޖެހިގެން 19 މީހުން ވަނީ ރާއްޖޭގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް