CONFIRMED

DEATHS

RECOVERED
🌏29,764,055
INFECTED
🌏20,225,219
RECOVERED
🌏939,473
DEATH
🌏68%
RECOVERY RATE
ލަންކާގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ
ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސަ ކުރައްވައިފި
Share
ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މިއަދު ކުރައްވައިފި އެވެ.
Advertisement

ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނު ސްރީ ލަންކާގެ ކެލަނިޔާ ރާޖަ މަހާ ފައްޅީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައިވާއިރު މިމަހުގެ 5 ވަނަ ދުވަހުގެ ބޭއްވި، އާއްމު އިންތިހާބުގައި އޭނާގެ ޕާޓީން ވަނީ ބޮޑު ކާމިޔާބީ އެއް ހޯދާފައެވެ.

ލަންކާގެ އާއްމު އިންތިހާބުގައި ރާޖަޕަކްސަގެ، އެސް.އެލް.ޕީ.ޕީ އިން ވަނީ 145 ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މި އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލަންކާގެ މިހާރުގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސާ އާއި ވާދަކުރެއްވި، މިހާރު އެގައުމުގެ އިދިކޮޅު ލީޑަރ، ސަޖިތު ޕްރޭމެދާސާ ނިބަތްވެވަޑައިގަންނަނަވާ، އެސް.ޖޭ.ޕީ އިންނެވެ. މި އިންތިހާބުގައި ލަންކާގެ ކުރީގެ ބޮޑުވަޒީރުގެ ޔޫ.އެން.ޕީ އަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑި އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް