ވިޔަފާރި /
އަނެއްކާ ވެސް ފިޔަލުގެ އަގު އުފުލިއްޖެ
06 ޑިސެމްބަރ 2019 - 19:42:25
ބާޒާރުގައި އަނެއްކާ ވެސް ފިޔާގެ އަގު އުފުލިއްޖެ އެވެ.

ކުރިން 10 ރުފިޔާއާއި 12 ރުފިޔާއަށް ހުރި ފިޔާ ކިލޯއެއްގެ އަގު ފަހުން 20 ރުފިޔާއަށް ވުރެ މަައްޗަށްވެސް އުފުލުނެވެ. މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 45 ރުފިޔާ އަށެވެ.
ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 750 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދުގަ އެވެ.
ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މިހާރު އެއަގުގައި ފިޔާ ވިއްކަމުން އަންނަތާ ހަފުތާއެއްހާ ދުވަސްވެއްޖެ އެވެ.
ފިޔާގެ އަގު އުފުލިފައި މިވަނީ އިންޑިއާގައި ވެސް ފިޔާގެ އަގު އުފުލިފައިވާތީ އެވެ. އެގައުމަކީ ރާއްޖެއަށް ފިޔާ އެތެރެކުރާ އެއް ގައުމެވެ.
އިންޑިއާގައި ފިޔާގެ އަގު އުފުލިފައި ވަނީ އެގައުމަށް ކުރި ވިއްސާރައާ ގުޅިގެން ފިޔާ ދަނޑުތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާތީ އެވެ.
ފިޔާގެ އަގު ބޮޑުވެފައިވާއިރު ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީން ފިޔާގެ ސްޓޮކް ހުރީ ވަރަށް މަދުވެފައިކަމުން އެތަނަށް ވަނީ ފިޔާގެ ދަތިކަން ކުރިމަތިވެފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ފިޔާގެ ދަތިކަން ކުރިމަތިވެފަ އެވެ. އެފަހަރު ފިޔާ ބަސްތާއެއްގެ އަގު 1200 އަށް ވެސް އެރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް