
އެޗްޕީއޭ އިން ބުނީ އިއްޔެ 111 ތަނެއް އިންސްޕެކްޓްކޮށް އޭގެ ތެރެއިން 15 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އިއްޔެ ބަންދުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ސެލޫންއާއި ބޯކޮށާއި ތަންތަން ހިމެނޭގޮތަށް ތިން ތަނަކާއި ހަ ފިހާރައެއްގެ އިތުރުން ހަ ކެފޭ/ ރެސްޓޯރަންޓެކެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީ ކައުންސިލާއި ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ގްރޭޓާ މާލޭ ސަރަހައްދުގައި ބޮޑު އިންސްޕެކްޝަނެއް ފަށާފައިވާއިރު އެ ދުވަހު ވެސް 27 ތަނެއް ބަންދުކުރި އެވެ.
އޭގެ ފަހުން މާލެ ސަރަހައްދުގައި އާންމު ހިދުމަތްތައްދޭ ތަންތަން ކޮންމެ ދުވަހަކު ވެސް އިންސްޕެކްޓްކޮށް، ގައިޑްލައިންއާ ހިލާފަށް ހިންގާ ތަންތަން ވަގުތީ ގޮތުން ބަންދުކުރެ އެވެ.
އެޗްޕީއޭ އިން އަންނަނީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިދުމަތްތައް ބަދަލުކުރުމާއެކު ތަންތަން ހުޅުވުމުގެ ހުއްދަ އަލުން ދެމުންނެވެ. އެގޮތުން ބަންދުކުރި ގިނަ ތަންތަން މިހާރު ވަނީ ހުޅުވާފަ އެވެ.