ads
ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވުން--
ބެއިރޫތުގެ ގޮވުމާއި ގުޅިގެން ކަސްޓަމްސް ޗީފް އަދި ޕޯޓު މެނޭޖަރު ހައްޔަރުކޮށްފި
ލުބުނާންގެ ވެރިރަށް، ބެއުރޫތުގައި ގޮވި ބާރުގަދަ ގޮވުމާއި ގުޅިގެން އެ ގައުމުގެ ކަސްޓަމްސް ޗީފް އަދި ޕޯޓު މެނޭޖަރު ހައްޔަރު ކޮށްފިއެވެ.

"އަލްޖަޒީރާ" ގައި ރިޕޯޓްކުރާ ގޮތުގައި އެ ހާދިސާ ތަހުގީގުކުރަމުންދަނީ ބޭރު ނުފޫޒެއް އޮވެދާނެ ކަމަށް ވެސް ބަލައިގެންނެވެ.

ސްޓޭޓް ނިއުސް އޭޖެންސީން ބުނީ އެ މައްސަލައިގެ އިންވެސްޓިގޭޝަންގެ ދަށުން 16 މީހަކު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބެއިރޫތުގެ ކަސްޓަމްސް ޗީފް އަދި ޕޯޓު މެނޭޖަރު ހިމެނޭ ކަމަށް ބުނެ އެވެ.

ފްރެންޗް ރޭޑިއޯއަށް މައުލޫމާތު ދެމުން ލުބުނާނުގެ ފޮރިން މިނިސްޓަރު ޗާބެލް ވެހްބޭ ވިދާޅުވީ އެ ހާދިސާއަށް ޒިންމާވާ ފަރާތް ހޯދުމަށް އެގައުމުގެ ސަރުކާރުން އިންވެސްޓިގޭޓިވް ކޮމިޓީއަށް ހަތަރު ދުވަސް ދީފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ބެއިރޫތުގެ ޕޯޓު ސަރަހައްދުގައި ހުރި ގުދަނެއްގައި ކަމަށާއި އެ ގުދަނުގައި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާތެރިނޫން ގޮތަކަށް ހަ އަހަރު ވަންދެން ބަހައްޓާފައި ހުރި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ބެއިރޫތުގައި ގޮވި ގޮވުމާއެކު ގާތްގަނޑަކަށް 154 މީހުން މަރުވެފައިވާ އިރު 5000 އެއްހާ މީހަކަށް ވަނީ އަނިޔާ ވެފައެވެ. އަދި އެގައުމުގައި ކުރިއަށްދާ ރެސްކިއު އޮޕަރޭޝަންތަކާއެކު އެ އަދަދު އިތުރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް