ads
“ސްޓާޓިން އާޓް ވޯކްޝޮޕް” ގެ ނަމުގައި ކުރެހުމާބެހޭ ވޯކްޝޮޕެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން މާފުށީ ޖަލުގައި-
ކުރެހުމާބެހޭ ވޯކްޝޮޕެއް ގައިދީންނަށް ފަށައިފި
“ސްޓާޓިން އާޓް ވޯކްޝޮޕް” ގެ ނަމުގައި ކުރެހުމާބެހޭ ވޯކްޝޮޕެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން މާފުށީ ޖަލުގައި ފަށައިފިއެވެ.

ކަރެކްޝަންސްއިން ބުނީ މިއީ އެލަވަންސް ވަޒީފާގައި އުޅޭ ގައިދީންނަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕެއްކަަމަށެވެ. އަދި މި ވޯކްޝޮޕް ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނީ މި ވޯކްޝޮޕްގައި ހަފްތާއަކު ފަސް ދުވަހު ކިޔަވާ ދޭނެކަމަށާ، މިހާރު މި ވޯކްޝޮޕްގައި ކުރެހުމަށް ޝައުގުވެރިވާ 8 ގައިދީން ބައިވެރިވެފައިވާ ކަމަށެވެ.

ކަރެކްޝަންސްއިން އިތުރަށް ބުނީ މި ވޯކްޝަޕްގައި އެކި ބާވަތުގެ ޕެއިންޓް ބޭނުންކޮށްގެން ކުރެހުން ފުރިހަމަކުރާނެ އުކުޅުތައް ކިޔައިދިނުމުގެ އިތުރުން ކުރަހަން ފަށައިގަންނާނެ ގޮތް ކިޔަވައިދޭނެކަމަށެވެ.

މިހާރުވެސް އަށް ގައިދީއަކު ބައިވެރިވެފައިވާ މި ވޯކްޝޮޕްގެ ބައިވެރިންނަށް ކިޔަވާދެނީ މާފުށީ ޖަލުގެ އޮފިސަރުން ކަމަށް ކަރެކްޝްންސް އިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް