ހުރަވީ ސްކޫލްގައި ކުރިއަށްދާ ފިޝިންގ އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބައްލަވާލައްވައިފިއެވެ.

Advertisement
މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ފިޝަރީޒް އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.
ހުރަވީ ސްކޫލުގައި ބާއްވަ މި އެކްސްޕޯ ހުޅުވައި ދެއްވުމަށްފަހު ރައީސް ވަނީ އެ އެކްސްޕޯ ބައްލަވާލައްވާފައެވެ. އެކްސްޕޯގައި މަސްވެރިކަމުގެ އެކި އުފެއްދުންތައް ވިއްކާ 14 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.
މި އެކްސްޕޯގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އެމީހުންގެ އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެ އުފެއްދުންތަކަށް މާކެޓް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ވިދާޅުވެފައެވެ. މި އެކްސްޕޯ އޮންނާނީ މިމަހުގެ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މި އެކްސްޕޯ ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މަސްވެރިކަމުގައި ބޭނުންކުރާ އެކި އާލާތްތަކާއި އުފެއްދުންތައް އެއްތަނަކުން އާންމުންނަށް ދައްކާލުމެވެ.