ޕާތު ސަމްތާން ބޭނުންވަނީ މުޅި އުމުރު ދުވަހު އޭނާ އާއެކީ ލޯބިން އުޅޭނެ ކުއްޖެއް ކަމަށް އޭނާ ބުނެފިއެވެ.

Advertisement
ޕާތު ސަމްތާން ބޭނުންވަނީ މުޅި އުމުރު ދުވަހު އޭނާ އާއެކީ ލޯބިން އުޅޭނެ ކުއްޖެއް ކަމަށް އޭނާ ބުނެފިއެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕާތު ބުނީ މީގެ ކުރިން އޭނާ އާއި އެރިކާ އާ އާ ދެމީީހުން ރައްޓެހިވެގެން އުޅޭކަމަށް ވާހަކަތައް ފެތުރިފައިވާ ކަމަށެވެ. އޭގެ އިތުރުން ނީތި ޓޭލާ އާ ވެސް ގުޅުމެއް އޮތް ކަމަށް އަޑުތައް އަރާފައިވާ ކަން ފާހަގަކުރަމުން ޕާތު ބުނީ އެމީހުންނާ ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އޭގެ އިތުރުން އޭނާ ސިންގަލް ކަމަށާއި އޭނާ އާއެކު މުޅި އުމުރު ދުވަހު ލޯބިން އުޅޭނެ ކުއްޖެއް ލިބޭނެ ކަމުގެ އުންމީދު ކުރާ ކަމަށް ޕާތު ވަނީ ބުނެފައެވެ.
އުމުރުން 28 އަހަރުގެ ޕާތު ޓީވީ އިންޑަސްޓްރީގައި ފުރަތަމަ މަސައްކަތްކޮށްފައިވަނީ ލައިފް އޯކޭ އިން އަންނަ "ސާވްދާން އިންޑިއާ"ގެ އެޕިސޯޑުތަކުންނެވެ. އެއަށްފަހު އެމްޓީވީއިން ދެއްކި "ވެބްޑް" އާއި "ބިންދާސް" އާއި "ޔޭ ހޭ އާޝިގީ" އަދި ޒިންގް އިން ދެއްކި "ޕިޔާރް ތޫނޭ ކިޔާ ކިޔާ" އިން ވެސް ޕާތު ވަނީ ފެނިގެން ގޮސްފައެވެ.
އޭނާ އެންމެ ފުރަތަމަ ލީޑު ރޯލުން މަސައްކަތް ކުރީ "ބެސްޓް ފްރެއިންޑްސް ފޯރް އެވާ" އިންނެވެ. އެއަށްފަހު އޭނާ ވަނީ "ކޭސީ ޔޭ ޔާރިޔަން" އިން ފެނިގެންގޮސްފައެވެ. އޭނާ ވަނީ އެޝޯގެ ތިން ސީޒަނުންވެސް ފެނިގެންގޮސްފައެވެ.
ޕާތު ވަނީ ބޮލީވުޑު ފިލްމު "ގޫގްލީ ހޯ ގައީ" ގައި ވެސް މަސައްކަތް ކޮށްފައެވެ. ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ: ޒިންދަގީ ކޭ" ގައި އަނޫރާގުގެ ރޯލުން ފެނިގެންދާ ޕާތު އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.