ads
ކުލިނިކުގެ ހިދުމަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެދުނު 09:00 ފެށިގެން ރޭގަނޑު 11:00 އަށް-
ފުލޫ ކުލިނިކްތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި
ކޮވިޑް-19 އާއި ގުޅިގެން ހިދުމަތްދޭ ފުލޫ ކުލިނިކްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އައިޖީއެމް އެޗް އިން ބުނީ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ މާލޭ ހިޔާ ދޭއްގެ ފުރަގަހުގައި ކުރިއަށްދާ ފުލޫކުލިނިކުގެ ގަޑިތަކަކަށްކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެ ކުލިނިކުގެ ހިދުމަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެދުނު 09:00 ފެށިގެން ރޭގަނޑު 11:00 އަށް ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއެވެ. 

އައިޖީއެމް އެޗްއިން ބުނީ އެ ކުލިނިކުން ދިވެހިންގެ އިތުރުން ބިދޭސިންނަށްވެސް ދެއްކޭން އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. 

އައިޖީއެމްއެޗް އިން އިތުރަށް ބުނީ ހުން އައިސް ކެއްސާ ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްތަކަށް ނުގޮސް ފުލޫ ކުލިނިކުތަކުން ފަރުވާ ހޯދުން އެދޭކަމަށެވެ. 

ފުލޫ ކުލިނިކްތަކަށް ދެއްކި މީހުންގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ގިނަ އަދަދެއްގެ މީހުން މިކުލިނިކުތަކަށް މިއަދުވެސް ދައްކާފައިވެއެވެ. އެގޮތުން އިއްޔެ އެކަނި ވެސް 194 ސާމްޕަލް ކުލިނިކްތަކުން ނަގަފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް