ads
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޑެމެރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކޮށް، މުދާ ކްލިއާކުރުން 24 ގަޑިއިރަށް!
ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ބައެއް ވިޔަފާރިވެރިން ރޭ ކުރުމާ އެކު، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއާކާގޯ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު އިތުރުކުރަން ނިންމެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

"އެމްއޭސީއެލްގެ ފަރާތުން އަޅުގަނޑު ހަމަ މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި މިތަނުގައި އެ ބޭފުޅުން، މި 80 ގަޑިއިރު 124 ގަޑިއިރު ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ އިރާދަކުރެއްވިއްޔާ، 80 ގަޑިއިރުން 124 ގަޑިއިރަށް،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރައްވާނެކަމަށް ވިދާޅުވި އެވެ. މިގޮތުން އެފަދަ ވިޔަފާރިތަކަށް، އެއް އުޅަނދުނަމަވެސް ރަޖިސްޓްރީ ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ތިލަފުށީގައި މިއަންނަ މަހު ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާނެކަންވެސް ހާމަކުރައްވާފަ އެވެ.


ރައީސް ވަނީ ސަރުކާރުން ބޭނުންވަނީ ގޯސްކޮށް ހުރި ކަންކަން ހަރުދަނާކޮށް ރަނގަޅަށް ހިންގަމުންދާ ކަންކަން އިތުރަށް ރަނގަޅުކުރުމަށްކަމަށް ވިދާޅުވެފަ އެވެ. އަދި ޖުމްލަކޮށް ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް މަޝްވަރާކޮށް ހައްލު ހޯއްދާވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.

ރައީސް ވިދާޅުވީ ވިޔަފާރިވެރީންގެ ކަންބޮޑުވުމެއް ނުވަތަ ހިޔާލެއް ނުވަތަ މަޝްވަރާއެއް އޮތް ނަމަވެސް އެކަމެއް ހިއްސާކުރެވޭނެ ކަމަށާއި އަދި ސަރުކާރަށް އެކަމެއް ހައްލުކޮށްދެވެން އޮތް އެންމެ އަވަހަށް އެކަމެއް ކޮށްދޭނެ ކަމަށެވެ. ވިޔަފާރިވެރީންގެ ކަންބޮޑުވުމާއި މަޝްވަރާއާއި ހިޔާލަކީ ވަރަށް އަގުހުރި ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިތައް ކުރިއެރުވުމަށްޓަކައި ސިޔާސަތުތައް ބަައްޓަންކޮށްގެން ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.

ވިޔަފާރިވެރިން އެތައް ކަމެއް ހުށަހެޅި އިރު ސަރުކާރުން ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ލަސްވުމުގެ ކަންބޮޑުވުން މިރޭ ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ. ރައީސް ވަނީ މި އަހަރުގެ ބާކީ މިއޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ގިނަ ބަޔަކަށް ފައިސާ ދޫކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މިކަމުގައި ބޮޑު ހައްލެއް ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް