ކައުންސިލްތައް ބާރުވެރިކުރުވުން، ޖަޒީރާ ތަރައްގީގެ ބިންގާ!
06 ޑިސެމްބަރ 2019 - 15:49:14
"އަހަރެމެންގެ ރަށަށް ސަރުކާރުން ކުރި އެއްވެސް ކަމެއް ނެތް. ރަށް ކައިރީގައި ކިތަންމެ ފަޅު ރަށްތައް ގިނައަކަސް އަހަރެމެންނަށް ލިބޭ އެއްވެސް ފައިދާއެއް ނެތް. ކައުންސިލަރުން ކިތަންމެހާ ވެސް މަސައްކަތް ކުރޭ ސަރުކާރާ ގުޅިގެން ތަރައްގީ ގެނެވޭތޯ. އެކަމަކު ސަރުކާރުން އެކަމަށް މާ ބޮޑު އެއްބާރުލުމެއް ނުދޭ. މިހާރު އަހަރެމެން މުސްކުޅިވެގެން މިދަނީ އަހަރެމެންގެ އެންމެ ޒުވާން އުމުރުގައިވެސް ރަށް އޮތް ގޮތަށް މިއަދުވެސް ރަށް މިއޮތީ، ވީ ތަރައްގީއެއް ނެތް،" މިއީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އާއްމު ޝަކުވާ އެކެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ، ކައުންސިލްތަކަށް ފުރިހަމަ ބާރުވެރި ކަމެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ނިމި، ދެވަނަ އަހަރަކަށް އެމަނިކުފާނު ކުރިމަތިލީ އެ އުއްމީދުގެ ހުޅުކޮޅު ނިވިޔަނުދީ ހިފަހައްޓާލައިގެންނެވެ. ރައްޔިތުންގެ މަޖިލީހަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ސަރުކާރުން ހުށަހަޅާ މަޖިލީހަށް ބިލެއް ވެއްދިއެވެ. އެ ހިސާބުން ރައްޔިތުންގެ މޫނު މަތިން ހިނިތުންވުން އައެވެ. ސަބަބަކީ އެ ބިލުގައި ރައްޔިތުންނަށް އުއްމީދު އައު ވެގެން ދިއުމުންނެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ބިލު ފާސްކޮށްދީފައެވެ. ހަގީގީ ލާމަރުކަޒީ ނިޒާމެއް ގެނެސްދިނުުމަކީ ސަރުކާރުގެ އެންމެ މުހިއްމު ވައުދެވެ. މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވާ ރަށުގެ ތަރައްގީގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެވެ.
ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކައުންސިލްތައް ބާރުވެރި ކުރުމަށް އަޅާފައިވާ އަނެއް ފިޔަވަޅަކީ އަންނަ އަހަރުގެ ނަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމަށް 1.6 ބިލިއަން ރުފިޔާ ހިމެނުމެވެ. މިއީ މާލީގޮތުން ކައުންސިލްތައް ބާރުވެރި ކުރުމަށް އެޅި ފިޔަވަޅެކެވެ.
ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުކުރީ ރައީސް ނަޝީދުވެ ވެރިކަމުގައެވެ. ލާމަރުކަޒީ ނިޒާމެއްގައި ކައުންސިލްތައް ބާރުވެރިކުރުމަކީ އެމްޑީޕީ އިން އަބަދުވެސް ވަކާލާތު ކުރާ ކަމެކެވެ. ހަމަގައިމުވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމުން އެކަމުގެ އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނީ އެކަން ރާއްޖެއަށް ތައާރަފު ކުރެއްވި ރައީސް ރައީސް މުހައްމަދު ނަޝީދެވެ.
ކައުންސިލްތައް ބާރުވެރި ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ބަޖެޓުގެ ބާރުވެރި ކައުންސިލްތަލަށް މިއަދު މަގުފަހިވެއްޖެ ކަމަށެވެ. އަންހެނުންނަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ގޮނޑި ކަށަވަރު ކޮށްދެވިއްޖެ ކަމަށާއި ލައުންސިލަރުންގެ އަދަދުވެސް އިތުރު ކުރެވިއްޖެ ކަމަށެވެ. ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރަށްރަށުގެ ބިމުގެ މިލްކުވެރިކަން އެ ރަށްރަށަށް ދެވިއްޖެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހަކީ ސަރުކާރުން އެދޭ ތަރައްގީގެ ބިންގަލެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ތަސައްވުރަކީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބައެއް މުހިއްމު އިސްލާހުތައް:
• ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުން.
• ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން.
• ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން.
• ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުން.
• ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުން.
• ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 ހާއްސަ ކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުން.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައި މިވާ ބޮޑު ބަދަލާއި އެކުގައި ރާއްޖެއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމާއި މެދު ޝައްކެއް ނެތެވެ. މައި ސަރުކާރުގެ ދަށުގައި ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތައް އެކަހެރިކޮށް، ނިކަމެތިކޮށް އޮތް އޮތުމަށް، ނިމުމެއް އަންނާނެއެވެ. މިއާއެކުގައި ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން، ވެރިކަން ކުރާ ރަށަށް ނުގޮސް، މައި ސަރުކާރުގައި އާދޭސް ނުދަންނަވައި، އެ މީހަކު ދިރިއުޅޭ ރަށަކުން، ދުވަހުން ދުވަހަށް ބޭނުންވާ ޚިދުމަތްތައް ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް