ads
ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އަރުޖުން ކަޕޫރު
އަރްޖުން ކަޕޫރް ނަމުގައި ސްކޭމެއް ހިންގަނީ، ސަމާލުވާން އެދިއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި އަރްޖުން ކަޕޫރްގެ ނަމުގައި ހިންގާފައިވާ ފްރޯޑް މައްސަލައަކުން އާންމުން ސަމާލުވާން އެދިއްޖެއެވެ.
Advertisement

މިގޮތުން ކަމާ ބެހޭ ފަރާތްތަކާއި އިންޑިއާގެ ބައެއް ބޭންކުތަކުން ވެސް ވަނީ ވަނީ ބޮލީވުޑުގެ މަޝްހޫރު ތަރި އަރުޖުން ކަޕޫރު މީހުންގެ ޒާތީ މައުލޫމާތު ހޯދަން ފޯނުން ނުގުޅާނެކަމަށް ބުނެ އަރުޖުން ކަޕޫރުގެ ނަމުގައި ހިންގާ ސްކޭމަކަށް ސަމާލުވުމަށް އެދިފައެވެ. 

މިއީ އިންޑިއާގައި ސޯޝަލް މީޑިއާގައި މަޝްހޫރު ތަރިންގެ ނަމުގައި ހިންގާ ފްރޯޑް މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެކެވެ.

ސައިބާ ސެކިއުރިޓީ ތަހްގީގުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިފަދަ ފްރޯޑް ހާދިސާތައް ފާއިތުވި އަހަރާ އަޅާބަލާއިރު 60 އިންސައްތަ އިންޑިއާގައި އިތުރުވެފައިވެއެވެ. ހާއްސަކޮށް ސެލެބްރިޓީންގެ ނަމުގައި އުފައްދާ ފޭކު އެކައުންޓްތަކުން ފޭކް ޕްރޮމޯޝަންތަކާއި ވަޒީފާގެ ފުރުސަތުތައް ހުށަހަޅައިގެން އާންމުންގެ އަތުން ފައިސާ ނެގުމުގެ މައްސަލަތައް ގިނަވެފައިވެއެވެ.

ސައިބާ ސެކިއުރިޓީ ސްޕެޝަލިސްޓުން އާންމުންނަށް އިރުޝާދު ދެމުން ބުނަނީ، ސޯޝަލް މީޑިއާގައި ވެރިފައިޑް ނޫން އެކައުންޓްތަކުން އަންނަ މެސެޖުތަކަށް ޖަވާބު ނުދިނުމަށާއި، އަމިއްލަ މައުލޫމާތު ހިއްސާނުކުރުމަށް އެދިފައެވެ. އަދި މިފަަދަ ހާދިސާތައް ވަގުތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް އިރުޝާދު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް