
މަންމޯހަން ސިންހް އަވަހާރަވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު މިރޭގެ ވަގުތެއްގައި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަށެވެ.
އެއިމްސް ނިއު ދިއްލީއިން ނެރުނު ބަޔާނެއްގައި އެމަނިކުފާނު އަވަހާރަވިކަން ކަށަވަރުކޮށްދީފައިވާ ކަމަށް ނިއު އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައި ވެއެވެ.
މަންމޯހަން ސިންހް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 ގެ ނިޔަލަށެވެ.
އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ސިންހް ވަނީ 1982އިން 1985އަށް ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުކަން ކުރައްވައި، 1991އިން 1996އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވައިފައެވެ.
އިކޮނޮމިސްޓެއްގެ ގޮތުގައި މަގުބޫލު އުސޫލުތަކެއް ގެންގުޅުއްވި ސިންހް، 1990ގެ އަހަރުތަކުގައި އިންޑިއާއަށް މުހިންމު އިގުތިސާދީ އިސްލާހުތަކެއް ގެނެސްދެއްވި އެވެ.
މަންމޯހަން ސިންގް ފާހަގަ ކުރެވެނީ އިންޑިއާ އިގުތިސާދީ ގޮތުން ހުޅުވާލެއްވުމުގެ މޭސްތެރިއާގެ ގޮތުގަ އެވެ.