ads
ރާނާ އާއި މިހީކާ--
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާނާ އާއި މިހީކާގެ ކައިވެނީގެ ހަފުލާ ބާއްވައިފި
މަޝްހޫރު ތެލުގޫ ތަރި، ރާނާ ދަގުބާތީ އާއި އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ މިހީކާ ބަޖާޖު މިމަހުގެ އަށް ވަނަ ދުވަހު މިވަނީ ކައިވެނިކޮށްފަ އެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ވެސް އެމީހުން ކައިވެނީގެ ހަފުލާއެއް ބާއްވާފައިވެ އެވެ. އެ ހަފުލާގައި އާއިލާގެ މީހުންގެ އިތުރުން ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގާތް ރަހުމަތްތެރިން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ސަމަންތާ އަކިނޭނީ އާއި އައްލޫ އަރްޖުން އަދި ރާމް ޗަރަން ފަދަ ތަރިން ހިމެނެ އެވެ. 

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ހަފުލާ ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ. އެގޮތުން ކައިވެނީގައި ބައިވެރިވި އެންމެން ކޮވިޑަށް ޓެސްޓްކުރި ކަމަށާއި އަދި ހަފުލާގައި ސެނިޓައިޒާ ވެސް ފޯރުކޮށްދިން ކަމަށް ބުނެ އެވެ. އޭގެ އިތުރުން އިޖުތިމާއީ ގައިދުރުމަށް ވެސް ހާއްސަ ސަމާލުކަމެއް ދިން ކަމަށް ބުންޏެވެ. 

ބަހޫބަލީ އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ރާނާ، މިހީކާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާންކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އިންސްޓަގްރާމު މެދުވެރިކޮށް ދެ މީހުންގެ ފޮޓޯއެއް ހިއްސާކޮށް، ރާނާ ވަނީ އެކަން ރަސްމީކޮށް އިއުލާންކުރީ ކަމަށް ބުނެފަ އެވެ. އެ ދުވަހު އިއުލާންކުރި ފޮޓޯއަކީ އެމީހުންގެ އެންގޭޖްމަންޓް ހަފުލާގެ ފޮޓޯއެކެވެ. 

ރާނާ ކައިވެނިކުރުމާއެކު ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އޭނާގެ ސަޕޯޓަރުން ދަނީ ތަހުނިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް