ads
ސާމިޔާ--
ހެލްތު މިނިސްޓްރީގެ ޕީއެސްއަކަށް ސާމިޔާ
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަކަށް އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި އައިޝަތު ސާމިޔާ މިއަދު އައްޔަންކޮށްފި އވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް ސާމިޔާ އައްޔަންކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަދީޖާ އަބްދުއްސަމަދު މަގާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ މަގާމުން ވަކި ކުރެއްވީ ދައުރު ހަމަވާން ހަފުތާއަކަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. 

އެ މަގާމަށް ހުޅުވާލުމާއެކު ސާމިޔާގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން ވެސް ކުރިމަތިލެއްވި އެވެ. އަދި އެންމެ ގިނަ މާކްސް ވެސް ލިބިވަޑައިގަތީ ތަސްލީމާއަށެވެ.

ޕަމާނަންޓް ސެކްރެޓަރީންނަކީ މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވަންޓުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ބޭފުޅެކެވެ. އަދި އެ މަގާމަށް ބޭފުޅުން އައްޔަންކުރައްވަނީ އެ މިނިސްޓްރީއެއް ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅެއްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް