ads
އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން--
އެންއައިސީގެ ރައީސް ކަމުން ސުލައިމާން ވަކިކޮށްފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކިކޮށްފިއެވެ.

ސުލައިމާން އެ ކޮމިޝަނުން ވަކި ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ސުލައިމާން ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަސް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. 

މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ ސުލައިމާންގެ އިތުރުން އެ ކޮމިޝަނުގައި ދެން ތިއްބެވި ތިން މެމްބަރުން ވެސްމަގާމުން ވަކިކުރުމަށެވެ. އެހެންނަމަވެސް އެ ތިން މެމްބަރުން ވަކިކުރުމުގެ ކުރިން އެބޭފުޅުން ވަނީ އަމިއްލަފުޅާށް އިސްތިއުފާ ދެއްވާފައެވެ. އެއާއި އެކު މިހަރު އެކޮމިޝަނުގައި އިންނަވާނީ އަހުމަދު ޖިހާދު އެކަންޏެވެ. ޖިހާދު އަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުންނެވެ.

ސުލައިމާން އެންއައިށީގެ ރައީސް ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަންގ ރައީސްގެ މަގާމުގައެވެ. އެމާގުމް އޭނާ އިސްތިއުފަދެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ މާރިޗު މަހުއެވެ.

އެންއައިސީއަކީ ފުލުހުންނާއި ސިފައިންނާއި ކަރެކްޝަން ފަދަ އިދާރާތަކުގެ މުވައްޒަފުންގެ މައްސަލަތައް ބަލާ ތަހުގީގު ކުރުމަށާއި ދައުވާ ކުރުމަށް ފޮނުވުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ

އެންމެ ފުރަތަމަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އެކޮމިޝަން އުފައްދާފައިވާއިރު އޭގެ ފަހުން 2016 ވަނަ އަހަރު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަން އުފެއްދީ 2015 ވަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް