ads
މެންޗެސްޓަރ ޔުނައިޓޭޑްގެ ކުޅުންތެރިން
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފެށޭނެ އެވެ. މިރޭ ޔޫރޮޕާ ލީގުގެ ދެ މެޗެއް އަދި މާދަމާ ރޭވެސް ދެ މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫރޮޕާ ލީގުގައި މިރޭ ކުޅޭ އެއް މެޗަކީ ޑެންމާކުގެ ކޯޕެންހޭގަން އާއި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރާ މެޗެވެ. އަނެއް މެޗަކީ އިޓަލީގެ އިންޓަ މިލާންއާ ޖަރުމަންގެ ބެޔާން ލެވަކޫސަންގެ މެޗެވެ. ދެ މެޗުވެސް ފެށޭނީ ރާއްޖޭ ގަޑިން މިރޭ ބާރަ ޖަހާއިރު އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ކުޅޭނީ ޖަރުމަނުގަ އެވެ. ޔުނައިޓެޑުގެ މެޗު އޮންނާނީ ކޮލޯންގެ ސްޓޭޑިއަމްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް