ads
މޯނީ ރޯއީ--
އެންގޭޖުވި ވާހަކަ ފެތުރޭތީ މޯނީ ދައްކާލީ އަނގޮއްޓި!
ޓީވީ ޝޯތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މޯނީ ރޯއީ އެންގޭޖުވި ކަމުގެ އަޑުތައް ފެތުރެމުންދަނިކޮށް އަނގޮއްޓީގެ ފޮޓޯއެއް ދައްކާލައިފި އެވެ.
Advertisement

ކޮވިޑާއި ގުޅިގެން ގައުމުތައް ލޮކްޑައުންކުރިއިރު އޭނާ ހުރީ ދުބާއީގަ އެވެ. އެއަށް ފަހު މިހާރު ލަންޑުގައި ހުރިއިރު އިންސްޓަގްރާމު މެދުވެރިކޮށް އަންނަނީ އުޅޭ ނޫޅޭ ގޮތް އަންގަމުންނެވެ. 

އެންގޭޖުވިކަމުގެ އަޑުތައް އަރަމުންދަނިކޮށް އޭނާ ހިއްސާކުރި ފޮޓޯއަކާއެކު ގިނަ ބައެއްގެ ހިތުގައި މިިވަނީ ސުވާލުތައް އުފެދިފަ އެވެ. އެއީ ސިއްރު ސިއްރުން އެންގޭޖުވީތޯ އެވެ. 

އާންމުކުރި ފޮޓޯގައި ފެނިގެންދަނީ ޑައިމަންޑް ރިންގެއް އަޅާފައިވާ މަންޒަރެވެ. 

ގިނަ ބަޔަކު އޭނާއަށް މިހާރު މަރުހަބާކިޔަމުން އައި ނަމަވެސް އެކަން ރަސްމީކޮށް އޭނާ އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

އެންގޭޖުވި އަޑުއަރާފައިވީނަމަވެސް އޭނާ މިހަކާއި ވެސް ރައްޓެހިވި ކަމުގެ އަޑެއް އަރާފައެއް ނުވެ އެވެ. 

ދެހާސް ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް މޯނީގެ އެންމެ ފުރަތަމަ މަސައްކަތަކީ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" އިންނެވެ.

ދެހާސް އަށް ވަނަ އަހަރާއި ހަމައަށް ދިގު ދެމިގެންދިޔަ އެޝޯއަށް ފަހު މޯނީ ވަނީ 2015 ވަނަ އަހަރު ފެށި "ނާގިން" ޝޯގައި ވެސް މަސައްކަތް ކޮށްފައެވެ. އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައީ އެ ހިސާބުންނެވެ. އެއަށް ފަހު ބޮލީވުޑުގެ މަޝްހޫރު ތަރި އަކްޝޭ ކުމާރްއާއެކު "ގޯލްޑް"ގައި ވެސް މޯނީ މަސައްކަތް ކުރިއިރު ބޮލީވުޑުން ވެސް އޭނާއަށް މިހާރު އަންނަނީ ފުރުސަތުތައް ލިބެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް