ads
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ބައެއް މިނިސްޓަރުން އަދިވެސް މާލީ ބަޔާން ހުށަނާޅުއްވާ
ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ބައެއް މިނިސްޓަރުން އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭ މަލީ ބަޔާން އަދިވެސް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
Advertisement

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މާލީ ބަޔާން 2018 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް އަދި 2019 ވަނަ އަހަރުވެސް ހުށަހަޅުއްވާފައެއް ނުވެ އެވެ.

އޭގެ އިތުރުން މާލީ ބަޔާން ހުށަހެޅުއްވި ފަރާތްތަކާއި މާލީ ބަޔާން ހުށަނާޅުއްވާ ފަރާތްތައް އޮޑިޓާ ޖެނެރަލް އޮފީހުން ހާމަ ކުރައްވާފައި ވާއިރު، އެ އޮފީހުންގެ މައުލޫމާތުތަކުން ދައްކާ ގޮތުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، 2019 ވަނަ އަހަރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

މި ސަރުކާރުގެ ކުރީގެ ވަޒީރުންގެ ތެރެއިން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ މަގާމާއި ހަވާލުވުމަށް ފަހު 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، 2019 ވަނަ އަހަރު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެ އެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު، މަގަމާއި ހަވާލުވި ފަހުން 2018 ވަނަ މާލީ ހުށަނާޅުއްވާ ކަމަށާއި، 2019 ވަނަ އަހަރުވެސް މާލީ ބަޔާން ހުށައަޅުއްވާފައި ނުވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ މައުލޫމާތުތައް ދައްކަ އެވެ. 

ހައުސިން މިނިސްޓަރުގެ މަގާމުން މިނިސްޓަރު އާތިފާ މި އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އިސްތިއުފާ ދެއްވި އިރު، ޖެންޑާ މިިނިސްޓަރުގެ މަގާމުން މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވައިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި ޓޫރިޒަމް މިިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި، މަގާމުން ވަކި ކޮށްފައި ވަނީ ނިމިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ހަވާލުވެވަޑައިގެން ހުސެން ޝަމީމް ވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކާއި ނާޅާއި ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން އާންމުކޮށްފައި ވާއިރު، ކެބިނެޓު މިނިސްޓަރުން މަގާމާ ހަވާލުވެވަޑައިގަންނަވާއިރު އަދި ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުން ލާޒިމުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް