ads
ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންތަކެއް
ކޮވިޑް ޖެހުނު މީހުންގެ އަދަދު 20 މިލިއަނަށްވުރެ މައްޗަށް!
ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރި، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 20 މިލިއަނަށްވުރެ މައްޗަށް އަރައިފި އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން އެ އަދަދު ދައްކާފައިވާއިރު 20 މިލިއަނަށްވުރެ މައްޗަށް އަރާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިދިޔަ ހަ ހަފްތާގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ދެ ގުނަ އިތުރުވެފަ އެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރަން ނެގީ އެ ބަލި ފެނުނުތާ ހަ މަސްދުވަސް ނަމަވެސް އެ އަދަދު ދެ ގުނައަށް އިތުރުވެ، 20 މިލިއަނަށް އަރަން ނެގީ އެންމެ 43 ދުވަސްކަމަށް މައުލޫމާތު ލިބެއެވެ.

އެއް ދުވަހެއްގެ މަތިން ބްރެޒިލްއާއި މެކްސިކޯގެ އަދަދުތައް އެއްކޮށްލުމުން 27،000 މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް މީޑިއާތަކުން ބުނެއެވެ. އަދި ފަސް މިލިއަނަށްވުރެ ގިނަ ކޭސް ފެނިފައިވާ އެމެރިކާގެ ޖުމްލަ އަދަދަކީ ދުނިޔޭގެ ކޮވިޑް ޖެހުނު މީހުންގެ ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބަޔަށް މިހާރު މިވަނީ ވެފަ އެވެ. އަދި އިންޑިއާގައި 2.2 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ވަނީ ރިޕޯޓުކޮށްފަ އެވެ.

ގްލޯބަލް ހެލްތް އެމަޖެންސީ ކަނޑައެޅުނު މިއީ ހަވަނަ ފަހަރު ކަމަށާއި އެކަމަކު އެ ހަ ފަހަރުގެ މަތިން ވެސް މިއީ އެންމެ ހާލަތު ގޯސް ފަހަރު ކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް