ads
ފޮޓޯ: އައިސްޓޮކްފޮޓޯ
ދޮންނަ މެޝިނު ތެރެއިން ހަރުފައެއް ފެނިއްޖެ!
ފްލޮރިޑާގައި މީހެއްގެ ދޮންނަ މެޝިނު ތެރެއިން ހަރުފައެއް ފެނިއްޖެއެވެ.

ދޮންނަ މެޝިނު ތެރެއިން ޕައިތަން އެއް ފެނުނު ދުވަސްތަކެއް ފަހުންވެސް، އެ އަންހެން މީހާ ވަނީ އެކަމާއި ކަންބޮޑުވުންފާޅުކޮށްފައެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އެ އަންހެން މީހާއަށް ހަރުފަ ފެނިފައިވަނީ އެއްޗެހި ދޮންނަން އުޅެނިކޮށެވެ. އަދި އެއީ ދޮންނަން ލެވުނު ސްނޭކް ޕްރިންޓް ހެދުމެއް ކަމަށް ހީކޮށް އޭނާ އޭތި ނަގަން އުޅެނިކޮށް ހަރުފަ އަޑު ލެއްވުމުން އެއީ ހަރުފައެއްކަން އިނގިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަންހެން މީހާ ބުނީ މެޝިނުތެރެއަށް ހަރުފަ ވައިން ގޮތެއް ނޭނގޭ ކަމާއި އެ މަންޒަރު ފެނިފައި އޭނާ ހަޅޭލަވައި، އަވަހަށް އެތަނުން ގޮސްފައިވާ ކަމެވެ. އެގޮތުން އެޕާޓްމެންޓުގެ މެއިންޓެނެންސް ޓީމުން އެ ހަރުފަ ވަނީ ނަގާފައެވެ.

އަންހެންމީހާގެ އަވައްޓެރިއަކު މައުލޫމާތު ދެމުން ބުނީ އެމީހާއަށް ހަރުފަ ފެނުމުގެ ދުވަހެއް ކުރިން އޭގެ އަޑު އިވިފައިވާ ކަމަށެވެ. އެގޮތުން އެއީ ގޭގެ ވެންޓުތެރެއަށް ވަދެފައިވާ މީހަކު ގެންގުޅޭ ހަރުފައެއް ކަމަށް އެނިމަލް ކޮންޓްރޯލްއިން ގަބޫލުކުރެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް