އިންޓަ މިލާން ޔޫރޮޕާ ލީގުގެ ސެމީން ޖާގަ ހޯދީ ރޭ ޖަރުމަނުގެ ބަޔާ ލެވަކޫސަން 2-1 އިން ބަލިކޮށްނެވެ. ރޭގެ މެޗުގައި އިންޓަރމިލާނަށް ގޯލްތައް ޖަހައި ދިނީ ނިކޯލޯ ބަރޭލާ އަދި ރޮމެލޫ ލުކާކޫ އެވެ.
ލެވަކޫސަންގެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކާއީ ހާވާޓްޒްއެވެ. ރޭގެ ގޯލާ އެކު ލުކާކޫ ވަނީ ޔޫރޮޕާ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހައި ރެކޯޑެއް ގާއިމްކޮށްފަ އެވެ.
އިންޓަ މިލާނުން ސެމީގައި ނުކުންނާނީ މިރޭ ސްވިޒަލެންޑްގެ ބަސެލް އާއި ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.