ads
ފޮޓޯ: ވީނިއުސް
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަގާ މަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލަފައި މިވަނީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވެފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް އޮފީހުން ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓް މަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމަށެވެ. 

އަދި އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

އިއްޔެ ވަނީ އެންއައިސީގެ ރައީސްއަކަށް ހުންނެވި އަހުމަދު ސުލައިމާން މަގާމުން ވަކިކޮށްފަ އެވެ. 

އެ ކޮމިޝަނުގައި ތިއްބެވި ތިން މެމްބަރަކު މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާއެކު އެމަގާމުތަކަށް ކުރިމަތިލާން ވެސް ހުޅުވާލި އެވެ.

މިވަގުތު އެންއައިސީގައި ހުންނެވީ އަހުމަދު ޖިހާދް އެކަންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް