ads
އެންއައިސީގެ ބައެއް މެންބަރުން—
އެންއައިސީ ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވައިފި އެވެ

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މެންބަރުކަމަށް އެދި ހުށަހެޅޭނީ މިމަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހުގެ އިތުރުން 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 ހުގެ ނިޔަލަށްކަމަށެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭންހުންނާނެ ކަމަށްވެސް ރަަައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވައިލައްވާފައި މި ވަނީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހްމަދު ސުލައިމާން، ކޮމިޝަންގެ މެމްބަރު ކަމުންނާއި އަދި ކޮމިޝަންގެ ރައީސްކަމުގެ މަގާމުން މިދިޔަ އާދީއްތަދުވަހު ވަކިކުރެއްވުމާ ގުޅިގެން، އެ މަގާމް ހުސްވެފައިވާތީއެވެ. 

ރައީސް އިބްރާހިމް މުހަންމަދު ސާލިހް، އެންއައިސީގެ މެމްބަރުކަމުންނާއި ރައީސްކަމުން އަހްމަދު ސުލައިމާން ވަކިކުރެއްވީ، އެމަގާމުތަކުން އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް 21 ޖުލައި 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް