ads
އެންއައިސީގެ ބައެއް މެންބަރުން—
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތަށް މަޖިލީހަށް ފޮނުވާފި
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މެމްބަރުކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ބޭފުޅުންގެ ނަންތަށް މިހާރު މަޖލީހަށް ފޮނުވާފަކަމަށެވެ.

އެންއައިސީގެ ތިން މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، އެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތީން އިޢުލާނުކުރުމުން، އެކަމަށް އިޖާބަދެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ 

އެންއައިސީގެ ހުސްވެފައިވާ ތިން މެންބަރުންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ރައްޔިތުންގެ މަޖިލީހަށް ނަންތަށް ފޮނުވާފައިވާއިރު އެންއައިސީގެ ރައީސްކަމުގައި ހުންނެވި އަހްމަދު ސުލައިމާން، ކޮމިޝަންގެ މެމްބަރު ކަމުންނާއި އަދި ކޮމިޝަންގެ ރައީސްކަމުގެ މަގާމުން މިދިޔަ އާދީއްތަދުވަހު ވަކިކުރެއްވުމާ ގުޅިގެން، އެ މަގާމް ހުސްވެފައިވާތީ މިއަދުވަނީ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. 

ރައީސް އިބްރާހިމް މުހަންމަދު ސާލިހް، އެންއައިސީގެ މެމްބަރުކަމުންނާއި ރައީސްކަމުން އަހްމަދު ސުލައިމާން ވަކިކުރެއްވީ، އެމަގާމުތަކުން އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް 21 ޖުލައި 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް