ads
ބްލެކްޕިންކް
އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ބަލާފައިވާ ކޭޕޮޕް ލަވައަކީ ބްލެކްޕިންކްގެ ލަވަ އެއް
މި އަހަރު ރިލީސް ކުރި ލަވަ ތަކުގެ ތެރެއިން އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ބަލާފައިވާ ކޭޕޮޕް ލަވަ އަކީ ބްލެކްޕިންކް ގެ ލަވަ އެކެވެ.
Advertisement

ފާއިތުވި ޖޫން މަހުގެ 26 ވަނަ ދުވަހު ބްލެކް ޕިންކުން ރިލީސް ކުރި 'ހައު ޔޫ ލައިކް ދެޓް' އަށް ވަނީ ލަވަ ރިލީސް ކުރިތާ ދެމަސް ވެސް ނުވަނީސް 411 މިލިއަން ވިއުސް ލިބިފަ އެވެ. 

ބްލެކްޕިންކްގެ މި ލަވަޔަށް ފަހު ދެން އެންމެ ގިނަ އަދަދަކަށް މީހުން މި އަހަރު ބަލާފައިވާ ކޭޕޮޕް ލަވަ އަކީ ބީޓީއެސް ގެ 'އޮން' ގެ ކައިނެޓިކް މެނިފެސްޓޯ ފިލްމު މިއުޒިކް ވީޑިއޯ އެވެ. މި ލަވަ އަށް ވަނީ 232 މިލިއަން ވިއުސް ލިބިފަ އެވެ. އޮން ރިލީސް ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. 

ލިސްޓުގެ ތިން ވަނާގައި އޮތީ ކޭޕޮޕް ގާލް ގްރޫޕް އިޓްޒީގެ 'ވަނަބީ' އެވެ. 

މާޗްމަހުގެ 29 ވަނަ ދުވަހު އިޓްޒީ އިން ރިލީޒް ކުރި މި މިއުޒިކް ވީޑިއޯ އަށް ވަނީ 183 މިލިއަން ވިއުސް ލިބިފަ އެވެ. 

ލިސްޓުގެ ހަތަރު ވަނައިގައި ވެސް އޮތީ ބީޓީއެސް ގެ 'އޮން' އެވެ. އެކަމް މިއީ އޮން ގެ އޮފިޝަލް މިއުޒިކް ވީޑިއޯ އެވެ. 

މިވީޑިއޯ ރިލީސް ކޮށްފައި ވަނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. މި ވީޑިއޯ އަށް މިހާތަނަށް 173 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ. 

ފަސް ވަނަ އަށް ވެސް އެންމެ ގިނަ މީހުން ބަލާފައި ވަނީ ކޭޕޮޕް ގާލް ގްރޫޕެއްގެ ލަވަ އެކެވެ. އެއީ ޓްވައިސްގެ 'މޯ އެންޑް މޯ' އެވެ. 

ޓްވައިސްގެ މި ލަވަ ރިލީސް ކޮށްފައި ވަނީ ޖޫން އެއް ވަނަ ދުވަހު އެވެ. މި ލަވަޔަށް 163 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް