މިހާތަނަށް އައި އިރު އެކްސްއޯ އިން ވަނީ މިއުޒިކް ޝޯ ތަކުން 117 އެވޯޑް ހޯދާފައި އެވެ. އޭގެ ތެރެއިން އެންމެ ގިނަ ލަވަ އެ ގްރޫޕުން ހޯދައިފައި ވަނީ އެ ގްރޫޕްގެ ލަވަ 'ކޯލް މީ ބޭބީ' އިން ނެވެ.
އެކްސްއޯ ލަވައިގެ ދުނިޔެއަށް ނިކުމެފައި ވަނީ 2012 ވަނަ އަހަރު އެވެ.
ދެވަނަ އަށް އެންމެ ގިނަ މިއުޒިކް ޝޯ އެވޯޑް ހޯދާފައި ވަނީ ޖޭވައިޕީ އެންޓަޓެއިންމެންޓްގެ އަންހެން އައިޑަލް ގްރޫޕް އެއް ކަމަށްވާ ޓްވައިސް އެވެ. ޓްވައިސް ގެ ލަވަ 'ޓީޓ' އަށް ވަނީ 13 އެވޯޑް ލިބިފަ އެވެ.
ޓްވައިސް ޑެބިއު ވެފައި ވަނީ 2015 އަހަރު އެވެ.
ތިން ވަނަ އަށް ވެސް އެންމެ ގިނަ އެވޯޑް ހޯދާފައި ވަނީ އެސްއެމްގެ ގްރޫޕެކެވެ. ގާލްސް ޖެނެރޭޝަން ނުވަތަ އެސްއެންޑީއެސްޑީ އިން ވަނީ މިހާތަނަށް 100 އެވޯޑް ހޯދާފައި އެވެ. އެސްއެންއެސްޑީގެ 'ޖީ' އަށް ވަނީ 14 އެވޯޑް ލިބިފަ އެވެ.
އެސްއެންއެސްޑީ ޑެބިއު ވެފައި ވަނީ 2007 ވަނަ އަހަރު އެވެ.
މި ލިސްޓުގެ ހަތަރު ވަނައިގައި އޮތީ ބީޓީއެސް އެވެ. ބީޓީއެސް އަށް މިއުޒިކް ޝޯތަކުން މިހާތަނަށް ލިިބިފައި ވަނީ 90 އެވޯޑް އެވެ. ބީޓީއެސްގެ 'ބޯއީ ވިތު ލަވް' އަށް 21 އެވޯޑް ލިބިފައިވާ އިރު، މިއީ މި ލިސްޓުގައި ހިމެނޭ ގްރޫޕްތަކުގެ ތެރެއިން ގްރޫޕް ލަވައަށް އެންމެ ގިނަ އެވޯޑް ލިބުނު ލަވަ އެވެ.
ބީޓީއެސް އިން މިއުޒިކީ ދާއިރާއަށް ތައާރަފުވީ ވަނީ 2013 ވަނަ އަހަރު އެވެ.
ފަސް ވަނަ އަށް އެންމެ ގިނަ އެވޯޑް ހޯދާފައިވާ ގްރޫޕް އަކީ ބިގް ބޭންގް އެވެ. ބިގް ބޭންގް ވަނީ މިއުޒިކް ޝޯތަކުން 87 އެވޯޑް ހޯދާފަ އެވެ. އެގޮތުން ބިގް ބޭންގެ ލަވަތަކުގެ ތެރެއިން މިއުޒިކް ޝޯ ތަކުން އެންމެ ގިނަ އެވޯޑް ހޯދާފައި ވަނީ 'ހަރު ހަރު' އެވެ. އެ ލަވަޔަށް 12 އެވޯޑް ވަނީ ލިބިފަ އެވެ.
ބިގް ބޭންގް މިއުޒިކީ ދާއިރާއަށް ނިކުތީ 2006 ވަނަ އަހަރު އެވެ.