މުޅި އައްޑޫ ސިޓީން ފިޔާ ހުސްވެފަައިވާ ކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.

Advertisement
މުޅި އައްޑޫ ސިޓީން ފިޔާ ހުސްވެފަައިވާ ކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.
އައްޑޫ ސިޓީ މޭޔަ ޢަބްދުالله ސާދިގު ( ސޯބެ ) ސީއެންއެމްއަށް ވިދާޅުވީ އައްޑޫ ސިޓީގައި ފިޔާގެ ސްޓޮކް ހުރީ ވަރަށް މަދުވެފައި ކަމަށާއި އެހެންކަމުން މިހާރު ބޮޑަށް ބެލެވެނީ މުޅި އައްޑޫ ސިޓީން ފިޔާ ހުސްވެފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ ސޯބެ ވިދާޅުވީ އެސްޓިއޯގެ ބޭފުޅުންނާއި ވާހަކަ ދެކެވި އައްޑޫ ސީޓީއަށް ފިޔާ ގެނެވުމުގެ މަަސައްކަތް މިވަގުތު ބާރަށް ކުރިއަށްދާ ކަމަށެވެ.
" އެހެންކަމުން އުންމީދު ކުރަނީ ވީހާވެސް އަވަހަށް އައްޑޫގެ ރައްޔިތުންނަށް ފިޔާ ލިބުމުގެ މަގު ފަހިވެގެން ދިޔުން ،" ސޯބެ ވިދާޅުވިއެވެ.