ފުލުހުން މައުލުމާތުދޭ ގޮތުގައި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅައިފައި ވަނީ އިއްޔެ ހަވީރު 17:16 ހާއިރު ކަމަށެވެ.
އެގޮތުން އެ މާރާމާރީގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހާ އަށް ހަމަލާ ދިނުމުގެ ސަބަބުން އެމީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށެވެ.
އެ މައްސަލައިގައި އެއް ވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން ބުނެ އެވެ.