މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފިޝަރީޒް އެކްސްޕޯއެއް މާދަމާ ހުރަވީ ސްކޫލުގައި އޮންނާނޭ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފިއެވެ.

Advertisement
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފިޝަރީޒް އެކްސްޕޯއެއް މާދަމާ ހުރަވީ ސްކޫލުގައި އޮންނާނޭ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މި އެކްސްޕޯ ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ މަސްވެރިކަމުގައި ބޭނުން ކުރާ އެކި އާލާތްތަކާއި އުފެއްދުންތައް އެއްތަނަކުން އާންމުންނަށް ދައްކާލުން ކަމަށެވެ.
އެ އެކްސްޕޯގައި މަސްވެރިކަމާ ގުޅުން ހުރި ތަކެތި އިޝްތިހާރު ކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުސަތު ލިބި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުން މާކެޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
މި އެކްސްޕޯ އޮންނާނީ މާދަމާއިން ފެށިގެން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ހުރަވީ ސްކޫލްގައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ މިނިސްޓްރީން މިފަހަރު ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މަސްވެރިކަމުގެ މަސް ދަތުރާއި، މަސްވެރިންގެ ފޯރަމަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތު ހިމެނެ އެވެ.