ads
ޑރ. ނަޒްލާ ރަފީގް--
ހޯމް ކަރަންޓީނުގައި ތިބޭ މީހުން ދޫކޮށްލުމުގައި ލަސްވަމުންދަނީ ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ
ހޯމް ކަރަންޓީނުގައި ތިބޭ މީހުން ދޫކޮށްލުމުގައި ލަސްވަމުންދަނީ ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި.
Advertisement

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބޭ މީހުން ދޫކުރުމުގައި ލަސްތަކެއް ދިމާވަނީ ކޮވިޑް19 ގެ ކޭސްތައް އިތުރު ވަމުން ދާތީ ކަމަށެވެ.

 ނަޒްލާ ވިދާޅުވީ މިހާރު ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން މާފަންނު މަދަރުސާގައި ހުންނަ ފެސިލިޓީއަށް ދިއުމަށް މެސެޖު ކުރާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުން މޮނިޓަރިންނަށް ގެންދަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދީފައިވަނީވެސް އަދި މަރުވެފައިވަނީވެސް ބަލި ހުންނަ މީހުންނާއި ދުވަސްވީ މީހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި އުމުރުން ދުވަސްވީ މީހުން އަވަހަށް ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިވަގުތާއި ހަމައަށް  އަމިއްލައަށް ގޭގައި ހުންނަން އެފަދަ ފަރާތްތައް ނެތްކަމަށްވެ.

ނަޒްލާ ވިދާޅުވީ މަސައްކަތް ކުރަނީ އިތުރު ފެސިލިޓީ ހޯދާ އެމީހުން ގެންދަން ކަމަށާ ގޭގޭގައި ހައި ރިސްކް މީހުން ތިބި ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައެއް ގައުމުތަކުގައި ކޭސްތައް ގިނަވީމަ ގޭގައި ކަރަންޓީންކުރާ ކަމަށާ އެކަމަކު މިވަގުތު ރާއްޖޭގައި އެގޮތައް އަމަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަޒްލާ ވިދާޅުވީ މޫސުން ގޯސްނަމަ ގެންދަން އުނދަގޫވާ ކަމަށެވެ،

ނަޒްލާ އިތުރަށް ވިދާޅުވީ ޕޮޒިޓިވްވާ މީހާ ގޭގައި ތިބި އެހެން މީހުން ޓެސްޓުކޮށް ނަތީޖާ ލިބުނީމަ އެމީހުންނާއި އެކު ދާން ބޭނުންވެގެން ބައެއް މީހުން މަޑުކުރާކަމަށެވެ.

އަދި ބައެއް ދުވަސް ދުވަހު އެއާޓެކްސީ ނުވަ ދަތުރު އަޅާފައި. ދުރުގައި ހުންނަ ފެސިލިޓީތަކަށް މީހުން ގެންދަން ޖެހޭ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު އެއާޓެކްސީގައި ގެންދެވެނީ 12 މީހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރަށް އާރުއާރުޓީގެ ވެލިކަލް އިތުރު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިވަގުތު ފެސިލިޓީޢަށް ނުގެންދެވި ތިބީ 334 މީހުން ކަމަށެވެ.

ހިސާބު ދިމާނުވެގެން އުޅެނީ ސިސްޓަމްގައި ރިކަވާ ވެގެން ދޫކޮށްލާ މީހުންގެ ކަމަށާ ސިސްޓަމަށް އެޅުމުގައި ޑިލޭ އުޅޭތީ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އެކަމަކު ރިކަވަރީ ޑޭޓު އިންނާނީ ހަމަ އަސްލު ރިކަވަރީ ޑޭޓުގައި ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް