ads
ކަރީނާ ކަޕޫރު--
ކާރީނާގެ ކޮންމެހެން ބަލާލަންޖެހެ 10 ފިލްމު
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ އަކީ ބެލުންތެރިންގެ މެދުގައި މަގްބޫލު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ.

އެގޮތުން 20 އަހަރު ދުވަހު ބޮލީވުޑްގައި ކަރީނާ ހޭދަކޮށްފައި ވާއިރު ކަރިނާގެ ފިލްމުތަކުގެ ތެރެއިން 2000 ވަނަ އަހަރު ނެރުނު ރެފިއުޖީ ފިލްމަކީ ކޮންމެހެން ބަލާލަން ރަނގަޅު ފިލްމެކެެވެ. 

އެ ފިލްމުން ކަރީނާގެ އިތުރުން އަބީޝޭކް ބައްޗަން އާއި ޖެކީ ޝްރޮފް އަދި ސުނިލް ސެޓީ ފެނިގެންދެ އެވެ. ރެފިއުޖީ ޑައިރެކްޓުކޮށްފައި ވަނީ ޖޭޕީ ދުއްތާ އެވެ. 

އޭގެ އިތުރުން 2001 ވަނަ އަހަރު ނެރުނު ކަބީ ހުށީ ކަބީ ގަމް އަކީ މިއަދާ ހަމައަށް ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ފިލްމެކެވެ. އެފިލްމުުގައި ކަރީނާ ކުޅެފައިވާ ޕޫ ގެ ރޯލަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފަ އެވެ. 

އެ ފިލްމުން ކަރީނާގެ އިތުރުން އަމީތާބް ބައްޗަން އާއި ޖަޔާ ބައްޗަންގެ އިތުރުން ޝާހް ރުކް ހާން އާއި ރިތިކް ރޯޝަން އަދި ކާޖަލް ފެނިގެންދެ އެވެ. މި ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ކަރަން ޖޯހަރު އެވެ. 

އަންނަތު ބަލަނި އާއި ސުދީރް މިޝްރާ ޑައިރެކްޓު ކޮށްފައިވާ ފިލްމު ޗަމޭލީ އިން ވެސް ކަރީނާ ފެނިގެން ދެ އެވެ. 2004 ވަނަ އަހަރު ރިލީސް ކުރި މި ފިލްމުން ކަރީނާ އާއި އެކު ފެނުގެން ދަނީ ރާހުލް ބޯސް އެވެ. 

އޭގެ އިތުރުން 2006 ވަނަ އަހަރު ރިލީސް ކުރި އޯމްކަރަ އަކީ ވެސް ބަލާލަން ރަނގަޅު ފިލްމެކެވެ. 

ވިޝާލް ބާދުވަޖް ޑައިރެކްޓްކުރި މި ފިލްމުން އަޖޭ ދޭވަގަން އާއި ސައިފް އަލީ ހާން އާއި ވިވޭކް އަދި ބިޕާޝާ ވެސް ފެނިގެންދެ އެވެ. 

ކަރީނާ އާއި ޝާހިދު ކަޕޫރު ފެނިގެން ދިޔަ ޖަބް ވީ މެޓް އަކީ ވެސް ކަރީނާގެ ފިލްމު ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ. 2007 ވަނަ އަހަރު ރިލީސް ކުރި މި ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ އިމްތިއާޒް އަލީ އެވެ. 

ފާއިތުވި އަހަރުތަކުގެ ތެރެއިން ކަރީނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ފިލްމު ގުރުބާން އަކީ ވެސް ފާހަގަކޮށްލެވޭ ފިލްމެކެވެ. 2009 ވަނަ އަހަރު ރިލީސްކޮށްފައިވާ މި ފިލްމުން ކަރީނާ އާއި އެކު އޭނާގެ ފިރިމީހާ ސައިފް އަލީ ހާން ފެނިގެންދެ އެވެ. 

ހަމަ އެ އަހަރު ރިލީސް ކުރި ފިލްމު 3 އިޑިއަޓްސް އަކީ ކަރީނާގެ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ. 

ރާޖްކުމާރު ހިރާނީ ގެ މި ފިލްމުން އާމިރް ހާން އާއި އާރް. މަދަވަން އާއި ޝަރްމާން ޖޯޝީ އާއި ބޯމަން އިރާނީ އާއި އޯމީ ވައިދްޔާ ފެނިގެންދެ އެވެ. 

މާދޫރު ބަންދަރުކަރު ޑައިރެކްޓް ކުރި ހިރޯއިން އަކީ ކަރީނާ ތަފާތު ރޯލަކުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމު ރިލީސް ކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ. 

އޭގެ އިތުރުން 2018 ވަނަ އަހަރު ނެރުނު ވީރޭ ދި ވެޑިން އާއި 2019 ވަނަ އަހަރު ނެރުނު ގުޑް ނިއުޒް އަކީ ވެސް ބަލާލަން ރަނގަޅު ދެ ފިލްމެވެ. 

އުމުރުން 39 އަހަރުގެ ކަރީނާ ގިނަ ފިލްމުތަކަކުން ފެނިިފައި ވަނީ މުޅިން ތަފާތު ރޯލުތަކަކުންނެވެ. އެގޮތުން ބައެއް ފިލްމުތަކުން ހެއްވާ މަޖާ ރޯލުތަކުން ފެނިގެންދާއިރު ވަރަށް ލާނެއް މީހެއްގެ ރޯލުންނާއި ސީރިއަސް އަދި ލޯބީގެ ގިނަ ރޯލުތަކަކުން ވެސް އޭނާ ވަނީ ފެނިގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް