ads
ވިލް ސްމިތު އާއި ޖޭސަން ޑެރޫލޯ
ޖޭސަން ޑެރޫލޯ، ވިލް ސްމިތު ގެ ދަތް ބިންދާލައިފި
ޕޮޕް ލަވަ ކިޔުންތެރިޔާ ޖޭސަން ޑެރޫލޯ، ހޮލީވުޑްގެ ތަރި، ވިލް ސްމިތުގެ ދަތް ބިންދާލައިފި އެވެ.

ޖޭސަންގެ އަތުން ވިލްގެ ދަތް ބިންދައުގެން ގޮސްފައި ވަނީ އެ ދެ ތަރިން ގޮލްފު ކުޅެން އުޅެނިކޮށެވެ. 

އެގޮތުން ދެ ތަރިން އެކުގައި ގޮލްފު ކުޅެމުންދިޔަ ވީޑިއޯ އެއް ޖޭސަން އިންސްޓަގްރާމް ގައި ޝެއާ ކޮށްފައި ވާއިރު، އެ ވީޑިއޯ އިން ފެންނަ ގޮތުން ވިލް ދިޔައީ ޖޭސަން އަށް ގޮލްފު ކުޅެން ދަސްކޮށް ދެމުން ނެވެ. 

އަދި ޖޭސަން ކައިރީ ބޯޅާގައި އަދި ނުޖަހާށޭ ބުނެ ބުނެ އޮއްވާ އޭނާ ބޯޅާގައި ޖެހުމުން ބޯޅައިން ވިލްގެ ދަތްތަކުގައި ޖެހި ދަތް ބިންދައިގެން ދިޔައީ އެވެ. 

އެ ވީޑިއޯގެ ކެޕްޝަނެއްގެ ގޮތުގައި ޖޭސަން ޖަހާފައި ވަނީ އޭނާ އެ ގޭމުދެކެ މާ ގަޔާ ނުވާ ކަމަށެވެ. 

އޭގެ ފަހުން އެ ދެތަރިން އެކުގައި ނަގާފައިވާ ސެލްފީ އެއް ވެސް ޖޭސަން ވަނީ އިންސްޓަގްރާމް ގައި ޕޯސްޓް ކޮށްފަ އެވެ. އެ ފޮޓޯ އިން ވިލް ހެވިފައި އިންތަން ފެނިގެން ދާއިރު، ޖޭސަން ވަނީ ވިލް މިހާރު އޭނާގެ ބިންދައިގެން ދިޔަ ދަތް ގަބޫލު ކޮށް އޭނާގެ އާ ހިނިތުންވުން ގަބޫލު ކޮށްފި ކަމަށެވެ. 

ވިލް ވެސް ވަނީ ހަމަ އެ ފޮޓޯ އޭނާގެ އިންސްޓަގްރާމް ގައި ވެސް ޝެއާ ކޮށްފަ އެވެ. ވިލް ގެ ކެޕްޝަން ގައި ޖަހާފައި ވަނީ ޖޭސަން އޭނާގެ ގެއަށް ގެނައުން ހުއްޓާލަން ވެއްޖެ ކަމަށެވެ. 

ވިލް ވަނީ އޭނާގެ ދަތް ބިންދައިގެންދާ ވީޑީއޯ ވެސް އިންސްޓްގްރާމް ގައި ޕޯސްޓް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް