ads
މިނިސްޓަރު ތާރިގް ޔޫއޭއީގެ ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ ބިން ތޫގް އަލް މަރީއާ ބައްދަލުކުރެއްވުމުގެ ތެރެއިން
ރާއްޖެއާއި ޔޫއޭއީން ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕެއް އެކުލަވާލަނީ
ރާއްޖެއާއި ޔޫއޭއީއާއި ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕެއް އެކުލަވާލުމާއި މެދު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި އެވެ.
Advertisement

މިމަޝްވަރާ ކުރިޔަށް ގެންގޮސްފައިވަނީ ޓުއަރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ ޔޫއެން ޓޫރިޒަމް ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ތާރިގު ވަނީ ޔޫއޭއީގެ ޓުއަރިޒަމް އެންޑް އިކޮނޮމިކް މިނިސްޓަރު އަބްދުﷲ ބިން ތޫގް އަލް މަރީއާއި ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖެއާއި ޔޫއޭއީއާއި ގުޅިގެން ޖޮއިންޓް ޓޫރިޒަމް ވޯކިންގ ގްރޫޕެއް އެކުލަވާލުމަށް އެއްބަސްވެފަ އެވެ.

މި ވޯކިން ގްރޫޕް ވެގެންދާނީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި، އިއާދަކުރަނިވި ހަކަތަ، އަދި މީހުން ބިނާކުރުމަށް އެހީތެރިވެދޭ ވޯކިން ގްރޫޕަކަށްކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މީގެއިތުރުން 2 ގައުމުގެ ގުޅުންވެސް މިއާއިއެކު ބަދަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައި އެވެ.


އ.ދ. ގެ ޓުއަރިޒަމް އާއި ބެހޭ ޖަމިއްޔާ އާއްމު ބައްދަލުވުމުން ކުރިއަށްދަނީ މިމަހުގެ 7 އިން 11 އަށެވެ.

މި އަހަރުގެ ބައްދަލުވުން ކުރިއަށްދަނީ "އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ" މި ޝިއާރުގެ ދަށުންނެވެ.

މި ބައްދަލުވުމުގައި ވައިސް-ޕްރެޒިޑެންޓްގެ ހައިސިއްޔަތުން މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އާއްމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޓުއަރިޒަމް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް