ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނީ ރޭ ދަންވަރު 1:45 ގައި 61 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ.
އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން އައި މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 22 ވަަނަ މީހާ އެވެ.