ads
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
އޮސްޓްރިއާގެ ފަރާތުން ހިންގާ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި
އޮސްޓްރިއާގައި ހުންނަ އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ (އައިއޭސީއޭ) އިން ހިންގާ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މާސްޓާސް އިން އެންޓި ކޮރަޕްޝަން ސްޓަޑީސް (އެމްއޭސީއެސް) ގެ އިތުރުން އިންޓަނޭޝަނަލް މާސްޓާ އިން އެންޓި ކޮރަޕްޝަން ކޮންޕްލިއެންސް އެންޑް ކަލެކްޓިވް އެކްޝަން (އައިއެމްއޭސީސީ) ގައި އަމިއްލަ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން އިން ބުނީ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ އަދި ހޮވިފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދޭ ކަމަށެވެ.

އަދި އޭގެ އިތުރުން، ޕްރޮފެޝަނަލް ނުވަތަ ލައިސަންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދޭކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިއަހަރުގެ އޮގަސްޓް 16 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް