ފުލުހުން ބުނީ މާލޭ މަޖީދީ މަގު، ނަލަހިޔާ ކައިރީ މަގުމައްޗަށް ވެއްޓިފައި އޮތް މީހެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 19:48 ގައި ކަމަށެވެ.
އެގޮތުން ވެއްޓިފައި އޮތީ ބިދޭސީ ފިރިހެނެއް ކަމަށާއި އެމީހާ ވެއްޓިފައި އޮތީ ބޮލަށް އެނބުރުން އަރައިގަނެގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެ އެވެ.
އަދި މިހާރު އެމީހާ އައިޖީއެމްއެޗަށް ވެސް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.