ads
އަނުރާގް އާއި ޕްރެނާ--
މިއޮތީ ހިތާމަވެރި ހަބަރެއް، އަނުރާގް އާއި ޕްރެނާ ކަސޯޓީ ދޫކޮށްލަނީ!
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، "ކަސޯޓީ ޒިންދަގީ ކޭ 2" ގައި އަނުރާގްގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ދަމަގަތް ތަރި، ޕާތު ސަމްތާން އެ ޝޯ ދޫކޮށްލަން ނިންމައިފި އެވެ. ޕާތާއެކު އެ ފިލްމުގެ ލީޑިން ރޯލުން ފެނިގެންދާ ބަތަލާ، އެރިކާ ފެނާންޑެސް ވެސް ޝޯ ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެ އެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި ޕާތު ވަނީ މިހާރު ނޯޓިސް ވެސް ދީފަ އެވެ. އެގޮތުން އޭނާ ޝޫޓިންގައި ބައިވެރިވާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ނުވަތަ 11 އެވެ. ގިނަ ބަޔަކު ވަނީ ޕްރެނާ އާއި އަނުރާގްގެ ރޯލަށް އެރިކާ އާއި ޕާތު ބަލައިގެންފަ އެވެ. އެ ޖޯޑަށް ވަރަށް ތައުރީފް ވެސް ކުރެ އެވެ. 

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން 25 ވަނަ ދުވަހުން ފެށިގެން ކަސޯޓީގެ ދެވަނަ ބައި ދައްކަމުން އަންނައިރު ލީޑު ދެ ތަރިން ޝޯ ދޫކޮށްލާ ހަބަރާއެކު މިވަނީ ސަޕޯޓަރުން ވަރަށް ބޮޑަށް މާޔޫސްކޮށްލާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުންނަމަ ޕާތު ޝޯ ދޫކޮށްލަން ނިންމީ އެ ޝޯގެ ވާހަކައަށް ގެނައި ބަދަލުތަކާއި މެދު އެހާ ހިތްހަމަނުޖެހޭތީ އެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ޝޯގައި ފޯކަސްކޮށްފައި ވަނީ ޕްރެނާ އާއި ބަޖާޖުގެ ބަޔަށެވެ. 

މީގެ ކުރިން އެންމެ ބޮޑަށް ދައްކުވައިދިނީ އަނުރާގް އާއި ޕްރެނާގެ ދިރިއުޅުމެވެ. އަދި މިހާރު ލިބޭ މުސާރައަށް އުމުރުން 10 އަހަރުގެ ކުއްޖެއްގެ ބައްޕަގެ ރޯލު ކުޅެން ވެސް ޕާތު އެހާ ހިތްހަމަނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު ޕްރެނާ ޝޯ ދޫކޮށްލުމުގެ ވިސްނުން މި ގެންގުޅެނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. 

މީގެ ކުރިން ވެސް ޝޯގައި ކޮމޮލިކާގެ ރޯލުގައި މަސައްކަތް ކުރަމުން ދިޔަ ހީނާ ހާން ޝޯ ދޫކޮށްލުމާއެކު އެ ރޯލުން މިހާރު ފެނިގެންދަނީ އަމްނާ ޝަރީފް އެވެ. އަދި ބަޖާޖުގެ ރޯލުން ފެނިގެންދިޔަ ކަރަން ސިންގް ގްރޯވާގެ ވެސް ޝޯ ދޫކޮށް ގޮސްފައިވާތީ މިހާރު އެ ރޯލުން ފެނިގެންދަނީ ކަރަން ޕަޓޭލް އެވެ.  

 އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ފުރަތަމަ ބައި ދައްކާފައިވަނީ 2001 ވަނަ އަހަރުއެވެ. އެ ޝޯއިން ލީޑު ރޯލު ކަމަށްވާ ޕްރެނާގެ ރޯލުން ފެނިގެންދިޔައީ ޝުވެތާ ތިވާރީއެވެ. އަދި ކޮމޮލިކާގެ ރޯލުން  އުރްވަޝީ ދޮލާކިއާ ފެނުނުއިރު އަނުރާގްގެ ރޯލުން ފެނިގެންދިޔައީ ސުޒޭން ހާނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް