ads
ރާޝީ އާއި އޭނާގެ ބައްޕަ--
ކޮވިޑް ޖެހުނު ރާޝީގެ ބައްޕަ މަރުވެއްޖެ
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، "ސާތު ނިބާނާ ސާތިޔާ" އިން ރާޝީގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި، ރުޗާ ހަސަބްނިސްގެ ބައްޕަ މަރުވެއްޖެ އެވެ.

ރާޝީގެ ބައްޕަ މަރުވެފައިވާ ވަނީ ކޮވިޑް ޖެހިގެން ރަނގަޅުވިތާ މާގިނަ ދުވަސްތަކެއް ނުވެ އެވެ. އެގޮތުން މިމަހުގެ އަށް ވަނަ ދުވަހު ބައްޕަ މަރުވެފައިވާކަން ހާމަކޮށް ރާޝީ ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ބައްޕަގެ ހަނދާން އާކޮށްފަ އެވެ. 

އެ ހަބަރާއެެކު ރާޝީއާއެކު ސާތިޔާ ޝޯގައި "ގޯޕީ ބަހޫ" ގެ ރޯލުން މަގްބޫލުވި، ދެވޮލީނާ އާއި އެހެމްގެ ރޯލުން މަޝްހޫރުވި، މުހައްމަދު ނާޒިމް ވެސް ވަނީ އެ ހިތާމައިގައި ބައިވެރިވެފަ އެވެ. 

މީގެ ކުރިން ރާޝީ ވަނީ އޭނާގެ ބައްޕަ ކޮވިޑުން ސަލާމަތްވެފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ފުއްޕާމޭގައި މައްސަލަތަކެއް އުޅޭ ކަމަށް ވެސް ބުންޏެވެ. 

ކައިވެންޏަށް ފަހު ރާޝީ ވަނީ އެކްޓިން އާ ދުރަށް ޖެހިލާފަ އެވެ. އަދި ފިރިމީހާ އާއެކު އޭނާ ދިރިއުޅެމުން އަންނަނީ އެހެން ގައުމެއްގަ އެވެ. އޭނާ އާއި ރާހުން ޖަގްޑާލޭ 2015 ވަނަ އަހަރުގެ ޖެނުއަރީ 26 ގައި ކައިވެނިކުރިއިރު އޭނާ ވަނީ 2014 ވަނަ އަހަރު އެކްޓުކުރުން ހުއްޓާލާފަ އެވެ. އަދި މިދިޔަ އަހަރު އެމީހުންނަށް ވަނީ އަންހެން ކުއްޖަކު ވެސް ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް