ads
ރ.ހުޅުދުއްފާރު--
ހުޅުދުއްފާރުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރ. ހުޅުދުއްފާރުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގަައި ހުރި 32 އަހަރުގެ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލްގެ ނަތީޖާ ލިބުމުންނެވެ. 

މިއީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ތިން ވަނަ މީހާ އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު، އެންމެ ފުރަތަމަ އެރަށުން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު ދެވަނަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހެވެ. އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ މާލެ އިން ޓެސްޓްކުރުމަށް ފަހު ސާމްޕަލްގެ ނަތީޖާ ނުލިބެނީސް ހޯމް ކަރަންޓީނަށް ރަށަށް ދިޔަތާ ދެވަނަ ދުވަހެވެ. 

ހޯމް ކަރަންޓީނުގައި ހުއްޓާ ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެޗްޕީއޭ އިން މިހާރު ވަނީ ހޯމް ކަރަންޓީނަށް މީހުން ފޮނުވާނެ އުސޫލަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މިހާރު ފަސް ކަމަކަށް ބެލުމަށް ފަހު މީހުން ރަށްރަށަށް ފޮނުވަމުން އަންނައިރު އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް އިމަޖެންސީއެއްގައި ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ތިބި ފަރާތްތަކާއި މާލޭ ގައި ދިރިއުޅޭ ތަން ދޫކޮށްލާން ޖެހުމާއި ގުޅިގެން ރަށަށް ދާން ޖެހޭ މީހުންގެ އިތުރުން ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ މީހުންނެވެ.

އަދި ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމުން ރަށަށް ދާންޖެހޭ މީހުންނާއި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހިގެން ރަށަށް ދާން ޖެހިފައިވާ މީހުންނަށް ވެސް ރަށަށް ދިއުމުގެ ހުއްދަދެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް