ads
ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ-- ފޮޓޯ: ސީއެންއެމް
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމި އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މެޓް އިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ. ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓު އަދި އެހެން ހިސާބު ތަކުގައި ހަތަރު ފޫޓާއި ހަ ފޫޓަށް ހުންނާނެކަމަށްވެސް މެޓް އިން ބުނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް ވެސް ލަފާކޮށްފައިވެ އެވެ. 

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓްއިން އިލްތިމާސްކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އިން މައުޅޫމާތު ދެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް