ads
އެސްޓީއޯ ހެޑް އޮފީސް
އެސްޓީއޯގެ އޭޖީއެމް މިމަހުގެ 30 ގައި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހާރީ އާންމު ޖަލްސާ މި އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ މި އަހަރުގެ އޭޖީއެމް ބާއްވަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އެގޮތުން އޮގަސްޓް 30 ވަނަ ދުވަހުގެ ހަވީރު 4:00 ގައި އޭޖީއެމް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އޭޖީއެމް ކުރިއަށް ގެންދާނީ ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. 

މި އަހަރުގެ އޭޖީއެމްގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމުގެ ސުންގަޑި އަކީ އޮގަސްޓް 29 ވަނަ ދުވަހުގެ ހަވީރު 04:00 އެވެ. 

އޭޖީއެމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ވެބްސައިޓް ގައި agm.sto.mv ވެބްޕޭޖް މެދުވެރިކޮށް ހުޅުވާލާފަ އެވެ. 

އެސްޓީއޯގެ އޭޖީއެމްގައި ފާއިތުވު އަހަރު އެކުންފުނިން ކުރިއަށް ގެންދިޔަ އޭޖީއެމްގެ ޔައުމިއްޔާ ފާސްކުރުމަށް ހުށައަޅާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

އެސްޓީއޯ އިން ބުނީ މިދިޔަ އަހަރުގެ އޭޖީއެމްގެ ޔައުމިއްޔާއަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު 3 ޖޫން 2020 އިން ފެށިގެން 25 ޖޫން އަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ޔައުމިއްޔާ އަށް އިސްލާހެއް ހުށައަޅާފައި ނުވާ ކަމަށެވެ.  

އަދި 2019 ވަނަ އަހަރުގެ ކުންފުނީގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމަށް ވެސް އެޖެންޑާކޮށްފައިވާ ކަމަށް ބުނެ އެވެ. އެސްޓީއޯ އިން ވަނީ 2019 ވަނަ އަހަރުގެ ކުންފުނީގެ އަހަރީ ރިޕޯޓް އޮގަސްޓް 15 ވަނަ ދުވަހު ކުންފުނީގެ ވެބްސައިޓް ގައި ޝާއިއު ކޮށްފަ އެވެ. 

އޭގެ އިތުރުން އޮޑިޓްކޮށްފައިވާ 2019 ވަނަ އަހަރުގެ ހިސާބުތައް ވެސް އޮގަސްޓް 15 ވަނަ ދުވަހު ޝާއިއު ކޮށްފައިވާއިރު، ހިސާބުތަކާއެކު މިނިވަން އޮޑިޓަރުންގެ ރިޕޯޓްވެސް ހިމެނިފައިވާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. 

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންނާއި އޮޑިޓަރުން މި ހިސާބުތައް ފާސްކޮށްފައި ވަނީ ވެސް އޮގަސްޓް 15 ވަނަ ދުވަހު އެވެ.  

އޭގެ އިތުރުން 30 ވަނަ ދުވަހު ބާއްވާ އޭޖީއެމް ގައި 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށައެޅި އަދަދު ފާސްކުރަން އެޖެންޑާ ކޮށްފައިވާ އިރު، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާ އަކަށް 58 ރުފިޔާ ބެހުމަށް ހުށައަޅަން ނިންމާފަ އެވެ. 

އަދި 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް އައްޔަންކުރުމަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައިވާއިރު، މި ޖަލްސާ ގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ދެ ފަރާތާ އިންޓަވިއުކޮށް، އިވެލުއޭޓްކުރުމަށްފަހު އާމިނަތު ރުޝްމާ، ހ.މޮސްކޯގެ އިންތިހާބުކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެޖެންޑާކޮށްފައި ވާކަމަށް އެސްޓީއޯ އިން ބުނެ އެވެ. 

އެސްޓީއޯ އިން ބުނީ ކުރިޔަށް އޮތް ދައުރުގައި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންނަށް، އަހަރީ އާންމު ޖަލްސާގައި، ބަދަލެއް ނުގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން އަންގާފައިވާ ކަމަށެވެ. 

މި ޖަލްސާ ގައި ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ކަމަށާއި މި ސިސްޓަމް ވަނީ ކޭޕީއެމްޖީއިން ވެލިޑޭޓް ކޮށްފައި ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި އަހަރުގެ އޭޖީއެމް ގައި ބައިވެރިވެވޭނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށް، އެސްޓީއޯ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް