ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު- ފޮޓޯ: ސަން
އޭޖީއެމް ގައި ކުރަން ބޭނުންވާ ސުވާލުތައް ޖަލްސާގެ ކުރިން ހުށަހަޅަންޖެހޭނެ: އެސްޓީއޯ
މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ކަންކަމާ މެދު ހިއްސާދާރުންގެ ސުވާލެއް އަދި ފާޅުކުރަން ބޭނުންވާ ހިޔާލެއް އޮތް ނަމަ، ޖަލްސާ ބެއްވުމުގެމެ ކުރިން ކުންފުންޏަށް ހުށަހަޅަން ޖެހޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އެގޮތަށް ނިންމާފައި ވަނީ މިއަހަރުގެ އޭޖީއެމް ބޭއްވިގެންދާ ހާލަތަށް ބަލާފައި ކަމަށެވެ.

އެކުންފުނިން ވަނީ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން ޖަލްސާ ގައި ބައިވެރިވާން ބޭނުންވެ ރަޖިސްޓްރީވާ ހިއްސާދާރުން ސުވާލު ހުށައެޅުމަށް އެކުންފުނިން ވަނީ ޕޯޓަލް އެއް ތައާރަފްކޮށްފަ އެވެ. އެހިއްސާ ދާރުންނަށް "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. 

އޭގެ އިތުރުން އޭޖީއެމް ގައ ބައިވެރިނުވެވޭ ހިއްސާދާރުންނަށް ވެސް ހިޔާލު އަދި ސުވާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. 

އެގޮތުން، އޭޖީއެމް ގައި ބައިވެރިވުމަށް ރަޖިސްޓްރީ ވެފައި ނުވާ ހިއްސާދާރުން ހިޔާލު ނުވަތަ ސުވާލު [email protected] އަސް މެއިލް މެދުވެރިކޮށް ސުވާލު ހުށައެޅނެ ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ. އަދި މިގޮތަށް ސުވާލު ހުށަހަޅާނަމަ ސުވާލު ނުވަތަ ހިޔާލު ހުށައަޅާ ހިއްސާދާރުގެ އައިޑީކާޑު ކޮޕީ ހުށައަޅަންޖެހެ އެވެ. 

އެސްޓީއޯ އިން ބުނީ ސުވާލު ހުށައެޅުމުގެ ސުންގަޑި އަކީ އޮގަސްޓް 29 ވަަނަ ދުވަހުގެ ހަވީރު 04:00 ކަމަށެވެ. 

އެސްޓީއޯ އިން ވަނީ ހިއްސާދާރުން މިގޮތަށް ހުށައަޅާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަލްސާގައި ޖަވާބުދޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. 

އެސްޓީއޯގެ މި އަހަރުގެ އޭޖީއެމް ބާއްވަން ހަމަޖެހިފައި ވަނީ މި މަހު 30 ވަނ ދުވަހު ހަވީރު 4:00 ގައި އެވެ. އަދި އޭޖީއެމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ. 

މި އަހަރުގެ އޭޖީއެމްގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް 29 ވަނަ ދުވަހުގެ ހަވީރު 04:00 ކަމަށް ވާއިރު، އެސްޓީއޯ އިން ވަނީ އޭޖީއެމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެ ކުންފުނީގެ ވެބްސައިޓް ގައި agm.sto.mv ވެބްޕޭޖް މެދުވެރިކޮށް ހުޅުވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް