ads
ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު
ޒީނާ ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
Advertisement

ބްރޮޑްކޮމްގެ މެމްބަރުު ޒީނާ ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފައްޓަވާފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ޒީނާ ވަކިކުރުމުގެ މައްސަލަ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއުލާންކުރައްވާ އެމައްސަލަ މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.

ޒީނާ ވަކިކުރަން ނިންމާފައިވަނީ މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅެތީއާއި ބްރޮޑްކޮމްގެ މެމްބަރުންނަށް މަތި ކޮށްފައިވާ ގާނޫނީ ވާޖިބު އަދާ ނުކުރާކަމަށް ބުނެއެވެ.

ޒީނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. އަދި އެ ހުށަހެޅުއްވުމަށް ކޮމެޓީގެ ހަތް މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

ބްރޮޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މީގެ ކުރިންވެސް ވަނީ ފަށާފައެވެ.

ބްރޮޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބަލަން ފެށުމަޢިއެކު އެކޮމިޝަނުގައި ތިއްބެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ އިސްތިއުފާ ދީފައެވެ. އަދި ބްރޮޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބްގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް އޭނާވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މެމްބަރު ފާތުމަތު ޒައިނާ ވަކިކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ޒީނާގެ މައްސަލަ ނުބެލި އޮތީ އޭނާ މެޓާނިޓީ ލީވްއެއްގައި ހުރުމުންނެވެ. އަދި މިދިޔަ ޖޫން މަހު އެމައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީއަށް ޒީނާ ހާޒިރުކޮށް ޖަވާބުދާރީކުރުވާފައިވެއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ޒީނާ އައްޔަނު ކުރީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް