ads
ފިނޭންސް މިނިސްޓްރީ--
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 43.6 މިލިއަން ރުފިޔާ ދޫކޮށްފި
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއެކު ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން ދިނުމަށް ނިންމި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 43.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 5440 މީހަކަށް 43.6 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. 

އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރާ ފައިސާގެ އަދަދު ފިނޭންސް މިނިސްްޓްރީން ކޮންމެ ހަފުތާއަކު ވެސް ހާމަކުރަމުން އަންނައިރު ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދެމުން އައި އުސޫލަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. 

މިހާރު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ. އެހެން ކަމުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާމްދަނީ ލިބުން މެދުކެނޑިފައިވާ ފަރާތެއްނަމަ 5000 ރުފިޔާ، އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ.

އެހެން ނަމަވެސް ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ މާޗް އެކެއްގެ ފަހުން ކޮވިޑް19 އާ ގުޅިގެން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރުމާއި މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވުން އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކެވެ.  

ފިނޭންސް އިން ވަނީ ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތްތަކަށް، ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ނުވަތަ އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ލޯނުގެ ގޮތުގައި އެހީއެއް ދޫކޮށްފައިވާނަމަ، އެ އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭ ފަރާތްތަކުގެ ތެރެއިން، އެޕްރީލް، މެއި އަދި ޖޫން، މަހުގެ އެލަވަންސުން އެ ފަރާތެއް އިސްތިސްނާވާނެ ކަމަށް ބުނެފަ އެވެ.

އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުން އެލަވަންސްއަށް އެދޭ ނަމަ، އެފަދަ ފަރާތެއްކަން ކަށަވަރުކޮށްދޭނެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެގޮތުން ހަ މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގުކުރެވިފައި ވާ އިންވޮއިސްތަކުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް