
ޒާރާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ހެއާ ސްޓައިލިސްޓުގެ އުފަން ދުވަހުގައި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. މީގެ ކުރިންވެސް އޭނާ ވަނީ އިސްތަށިގަނޑާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯލެއް ނަގާފައެވެ.
ޒާރާ އޭނާގެ ބޯ ފަން ކުރުމަށްފަހު އިންސްޓަގްރާމްގައި ނެގި ޕޯލަކުން ފާހަގަވެގެން ގޮސްފައިވަނީ ގިނަ ބަޔަކު އޭނާގެ ބުޅި އިސްތަށިގަނޑު ދެކެން ބޭނުންވާ ކަމެވެ. ޕޯލަށް ވޯޓުދިން މީހުންގެ ތެރެއިން 76 ޕަސަންޓު މީހުން ބުނެފައިވަނީ ޒާރާގެ އިސްތަށިގަނޑު ބުޅިކޮށް ހުންނަ އިރު ރީތި ކަމަށެވެ. އަދި 24 ޕަސަންޓު މީހުން ބުނެފައިވަނީ މިހާރު އިސްތަށިގަނޑު ހުރި ގޮތް ރީތި ކަމަށެވެ. ޕޯލްގެ ނަތީޖާއާއި ގުޅިގެން މަޖާޒީ ރާގަކަށް ޒާރާ ބުންޏެވެ. "އަލުން ބޯ ބުޅިކުރަންތާ މިޖެހުނީ."
އާމިނަތު ޒާރާ އަކީ ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ލިބޭ ފަރާތެކެވެ. އޭނާ މަޝްހޫރު މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދާ ކައިވެނިކުރީ މިދިޔަ އަހަރު އުމުރުން 23 އަހަރުގައެވެ. ނަމަވެސް، އެ ދެމީހުން ވަނީ ޖުލައި މަހުގެ ތެރޭގައި ވަރިވެފައެވެ.