ads
އަޝީޝް ކަޕޫރު
މަޝްހޫރު ޓީވީ ތަރި އަޝީޝް ކަޕޫރު ގެންގް ރޭޕް މައްސަލައެއްގައި ހައްޔަރު
އިންޑިއާގެ މަޝްހޫރު ޓީވީ ތަރި އަޝީޝް ކަޕޫރު، ގެންގްރޭޕް މައްސަލައަކާ ގުޅިގެން 14 ދުވަހަށް ބަންދުކޮށްފިއެވެ.
Advertisement

މިކަން ހާމަކޮށްފައިވަނީ ދިއްލީގެ ތިސް ހަޒާރީ ކޯޓުން މިދިޔަ ހޮނިހިރު ދުވަހުއެވެ. އަޝީޝް ކަޕޫރު ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު ދެވަނަ ދުވަހު ޕޫނޭއިންނެވެ. އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ ޕޮލިސް އިންޓެރޮގޭޝަންގެ ފަހުން ލިންކް ޖުޑީޝަލް މެޖިސްޓްރޭޓް ފަސްޓް ކްލާސް (ޖޭއެމްއެފްސީ) ޕަޔަލް ސިންގަލްގެ ކޯޓަށެވެ. މި މައްސަލައަކީ އަންހެނަކު ރިޕޯޓުކޮށްފައިވާ ގެންގްރޭޕް ކޭސްއަކާ ގުޅިގެންނެވެ.

ފުލުހުންނަށް ދިން ބަޔާނުގައި އެ އަންހެން މީހާ ބުނެފައިވަނީ އަޝީޝް ކަޕޫރުގެ ކައިރީގައި ބޭއްވި ހަފުލާއަކަށް އޭނާއަށް ދައުވަތު ދީފައިވާ ކަމަށެވެ. އެ ހަފުލާގައި އޭނާ ބުއިމަށް މަސްތުވާ އެއްޗެއް އަޅާފައިވާ ކަމަށް ތުހުމަތުކުރެއެވެ. އެއަށްފަހު އޭނާ ބޯ އަނބުރައިގަތުމުން ފާހާނާއަށް ގެންގޮސް ގެންގްރޭޕް ކޮށްފައިވާ ކަމަށް އެ އަންހެން މީހާ ބުންޏެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށް، އެފްއައިއާރުއެއް ރެޖިސްޓްރީކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ. ފުރަތަމަ އެ އަންހެން މީހާ އިތުރު ބައެއްގެ ނަން ހާމަކުރި ނަމަވެސް، ފަހުން އޭނާގެ ބަޔާން ބަދަލުކޮށް، ގެންގްރޭޕް ކުރިކަމުގެ ތުހުމަތުކޮށްފައިވަނީ ހަމައެކަނި އަޝީޝް ކަޕޫރުގެ މައްޗަށެވެ.

ދިއްލީ ފުލުހުން އަޝީޝް ކަޕޫރުގެ ފޯނު ހޯދުމާއި، އޭނާގެ ޕޮޓެންސީ ޓެސްޓު ހެދުމާއި، މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ ދައުރު ބެލުމަށް ފަސް ދުވަހުގެ ޕޮލިސް ކަސްޓަޑީއަށް އެދިފައި ވެއެވެ. ނަމަވެސް، ސެޕްޓެމްބަރު ތިންވަނަ ދުވަހު ތިސް ހަޒާރީ ކޯޓުން ވަނީ ހަތަރު ދުވަހުގެ ޕޮލިސް ރިމާންޑު ދީ، ޕޮޓެންސީ ޓެސްޓު ހެދުމުގެ ހުއްދަވެސް ދީފައެވެ. އަޝީޝް ކަޕޫރުގެ ވަކީލުން ބުނީ އޭނާގެ ފޯނު އޮތީ މައްސަލައިގައި ހިމެނޭ ކަޕިލް ގުޕްތާ އަދި ރީތޫ ގުޕްތާ އަތުގައި ކަމަށެވެ. ކަޕިލް ގުޕްތާއަށް ކުރިން ކޯޓުން އެންޓިސިޕޭޓަރީ ބެއިލް ލިބިފައިވާތީ، އަޝީޝް ކަޕޫރު ޕޮލިސް ކަސްޓަޑީގައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް