ads
ވިލިފުށީގައި ގާއިމްކުރެވުނު އައުޓްޑޯ ޖިމް
ބީއެމްއެލްގެ އެހީ އާއެކު ވިލުފުށީގައި އައުޓްޑޯ ޖިމެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސްގެ އެހީއާއެކު ތ. ވިލިފުށީ ގައި އައުޓްޑޯ ޖިމް އެއް ތަރައްގީކޮށްފި އެވެ.
Advertisement

ބީއެމްއެލް އިން ބުނީ އެ ރަށުގައި ޖިމް ތަރައްގީ ކުރީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ކަމަށެވެ.

އައުޓްޑޯޯ ޖިމް ތަރައްގީ ކުރެވިފައިވަނީ ވިލުފުށީގެ ބަނދަރު ސަރަހައްދުގައި ކައުންސިލްގެ ފަރާތުން ގާއިމް ކުރަން ކަނޑައަޅާފައިވާ ޕާކުގެ ބަޔެއްގެ ގޮތުގައި ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި އެ އައުޓްޑޯ ޖިމް އާއެކު އެ ސަރަހައްދުގައި ކުޑަކުދިން ކުޅޭ އޭރިޔާ، ސްކޭޓް އޭރިޔާ، ޕްލޭ ހިލް، މަސްފެންގަނޑެއް ތަރައްގީ ކުރެވި އެ ސަރަހައްދަށް އިތުރު ފުރިހަމަ ކަމެއް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ފާހަގަކުރެ އެވެ. 

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު އެ ޖިމް އަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް ކަމަށް ވިދާޅުވެފަ އެވެ. 

ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ ވެސް ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި ކަމަށާއި ބޭންކުގެ އެންމެ ބޮޑު އުއްމީދަކީ ވިލިފުށީގައި ގާއިމްކުރެވުނު ޖިމް އަކީވެސް ވިލިފުށީ ރައްޔިތުން ފުރިހަމަ ގޮތެއްގައި އެތަނުގެ ބޭނުން ހިފާނެ ތަނަކަށް ވެގެން ދިޔުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. 

your imageވިލިފުށީގައި ގާއިމްކުރެވުނު އައުޓްޑޯ ޖިމް 

އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔަ ވަސަނަ ޖަމިއްޔާގެ އޮފިޝަލް އަކު ވަނީ އެ ޕްރޮޖެކްޓްގެ މަގުސަދަކީ ގޭތެރޭގެ ހަލަބޮލި މާހައުލުން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ކަސްރަތުކޮށްލެވޭނެ ހިތްފަސޭހަ އޯޕަން އޭރިއާ އެއް ތަރައްގީކުރުން ކަމަށާއި ވިލުފުއްޓަކީ ސުނާމީއާއި ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ތަރައްގީ ކޮށްފައިވާ ރަށެއް ކަމުން އެހެން ރަށްރަށާއި ހިލާފަށް އެ ރަށުގައި ގޯތި ތެރޭގައި މާބޮޑު ހުސް ޖާގައެއް ނޯންނާތީ ކަސްރަތު ކުރުމާއި ކުދި ބޮޑު އެންމެން ހެލިފެލިވެ އުޅޭނެ ޖާގައެއް ނޯންނަކަމަށް ފާހަގަކޮށްފަ އެވެ. އެހެން ކަމުން އެ އައި ހިޔާލާއެކު އެ ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމީ އެ ރަށަށާއި ޖަމިއްޔާއަށް ލިބުނު ކުރިއެރުމެއް ކަމަށް ވަސަނަ ޖަމިއްޔާގެ އޮފިޝަލް ފާހަގަކުރި އެވެ. 

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެއް ކަމަށް ބީއެމްއެލް އިން ފާހަގަކުރެ އެވެ. 

ބީއެމްއެލް އިން ބުނީ މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެ ކަމަށް ބުނެ އެވެ. 

ބީއެމްއެލް އިން ވަނީ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް