އެއާ އިންޑިއާގެ ރާއްޖޭގެ ޕެސެންޖާ ސޭލްސް އެޖެންޓް، ވިލާ ޓްރެވަލްސް އިން ބުނީ އެއާ އިންޑިއާގެ ޝެޑިއުލް ފްލައިޓްތައް ރާއްޖެއަށް ފަށާފައިވާއިރު ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހާއި ހުކުރު ދުވަހު ދަތުރު ކުރާނެ ކަމަށެވެ.
ހަފުތާއަކު ދެ ދަތުރު މާލެ އިން ޓްރިވެންޑަމްއަށް އޮންނަނެކަމަށާއި އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ވެސް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ވިލާ ޓްރެވަލްސް އިން ބުނެއެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލުމާއި އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ޔޫރަޕާއި އެމެރިކާ އިން އަންނަ ފަތުުރުވެރިންނެވެ.
އޭގެ ކުރިން ރާއްޖެ އަންނަ ފަތުުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި އިންޑިއާ ހިމެނެ އެވެ.