ads
ސަރުކާރާއި ދެކޮޅަށް ސިފައިން ތެދުވުމުން މާލީގެ ރައީސް އިސްތިއުފާދީފި
މާލީގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ސިފައިން ތެދުވުމާއެކު އެގައުމުގެ ރައީސް އިބްރާހީމް ބޫބަކުރު ކެއިތާ އާއި ބޮޑު ވަޒީރޫ ބޫބޫ ސީސާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެގައުމުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރޭ ދަންވަރެވެ. އަދި އިސްތިއުފާ އިއުލާންކުރައްވާ ގާނޫނޫ ހަދާއި މަޖިލިސް ވެސް އުވާލައްވާފައިވާކަން ވަނީ އިއުލާންކުރައްވާފަ އެވެ.

އަލްޖަޒީރާގައި ރިޕޯޓުކުރާ ގޮތުގައި މާލީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވަމުން ވިދާޅުވެފައި ވަނީ ގައުމުގައި ލޭ އޮހޮރުވުމެއް ހިނގަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން ވެރިކަމުގައި ހުރުމަށްޓަކައި ގައުމުގައި ލޭ އޮހޮރުވުމެއް ހިންގަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ވެސް ކުރަމުންދާތާ ދުވަސްތަކެއްވެފައި ވަނިކޮށް ސިފައިން ސަރުކާރާއި ދެކޮޅަށް ތެދުވިއިރު ގައުމުގެ ރައީސްގެ އިސްތިއުފާއާއެކު ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ އުފާ ވެސް ފާޅުކޮށްފަ އެވެ.

މާލީގައި ސަރުކާރާއި ދެކޮޅަށް ސިފައިން ތެދުވުމާއެކު ހާލަތު އިތުރަށް ގޯސްވެދާނެތީ ޔޫރަޕިއަން ޔޫނިއަނާއި އެފްރިކަން ޔޫނިއަން އަދި ބައެއް ގައުމުތަކުން ވެސް އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް